މުސާރައިގެ މައްސަލައިގައި ޓީޗަރުން ވެސް ކަންބޮޑުވުން ފާޅުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 17ސ
މުސާރައިގެ މައްސަލައިގައި ޓީޗަރުން ވެސް ކަންބޮޑުވުން ފާޅުކޮށްފި
ސިއްޙީ ޚިދުމަތްދޭ ދައުލަތުގެ ތަންތަނުގައި މަސައްކަތް ކުރާ ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް، ނަރުހުންގެ މުސާރަ ބޮޑު ކޮށްފި ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވަނިކޮށް، ހަގީގަތުގައި ނަރުހުންގެ މުސާރަވީ ކުޑަ ކަމަށް ބުނެ ނަރުހުން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް، ޓީޗަރުންގެ މުސާރައާއި މެދު އެމީހުން ވެސް ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

"ޖަސްޓިސް ފޮ މޯލްޑިވިއަން ނާސެސް" ހޭޝްޓެގް ބޭނުންކޮށް، ނަރުހުންގެ މުސާރައާއި ގުޅޭގޮތުން މީސްމީޑިއަގައި އިއްޔެއިން ފެށިގެން ކަންބޮޑުވުން ފާޅުކުރަމުން ގޮސްފައިވަނިކޮށް ނަރުހުންގެ މުސާރައާއިމެދު ޝަކުވާ ކުރަނީތޯ ސުވާލުކޮށް މިޖީލަށް ބޭނުންވާނެ އެތައް ދާއިރާއަކުން ހަރުދަނާ މީހުން ބިނާ ކުރުމުގައި ބުރަ މަސައްކަތް ކުރަމުން އަންނަ ފަރާތްތައް ކަމުގައިވާ ޓީޗަރުންނަށް ވެސް އެކަށީގެންވާ ރަނގަޅު މުސާރައެއް ނުލިބޭކަމަށް ބުނެ ގިނަ އަދަދެއްގެ ޓީޗަރުންނާއި އެހެންވެސް ފަރާތްތަކުން ވަނީ ކަންބޮޑުުވުން ފާޅު ކޮށްފައެވެ.



ޑިޕްލޮމާ ފެންވަރުގެ ޓީޗަރަކަށް މުސާރައިގެ ގޮތުގައި 10،000 ރުފިޔާ ކިރިޔާ ލިބޭއިރު، އޯލެވެލް ނުވަތަ އޭލެވެލް ފެންވަރުގެ މީހަކު ހޮސްޕިޓަލުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ވެސް އެމިންވަރުގެ މުސާރައެއް ލިބޭކަމަށް ބައެއް ޓީޗަރުން ވަނީ ބުނެފައެވެ.

އެތައް ދާއިރާއެއް ބިނާ ކުރުމުގެ މަސައްކަތުގައި ޓީޗަރުން އެމީހުންގެ ހަމަ ނިދި ނަގާލާ، އެހާމެ ބުރަ މަސައްކަތް ކުރަމުން ދާއިރު، އެހާ ދަށް މުސާރައެއް ލިބުމަކީ ޓީޗަރުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ވެސް އެމީހުން ބުނެފައިވެއެވެ.
މިއަދު އޮންލައިން