ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތިންދުވަހުގެ މުއްދަތައް މާޅޮސްމަޑުލު އުރުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރައްތަކަށް ކުރެއްވި ދަތަރުފުޅު ނިންމާލުމަށް ފަހުން މިއަދު މަލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ ރ. އަލިފުށްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ޚިދުމަތް ފައްޓަވާ ދެއްވާފައެވެ. އަދި ރ. ހުޅުދުއްފާރުގައި ގާއިމްކޮށްފައިވާ ފެނާއި، ނަރުދަމާ ނިޒާމުގެ ޚިދުމަތްވެސް ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.
އޭގެ އިތުރުން އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރ. އިންނަމަދޫ އާއި ރ. އިނގުރައިދޫ އަށް ވަޑައިގެން އެ ދެ ރަށުގެ ބަންދަރު ހުޅުވާ ދެއްވާފައެވެ. އަދި ރ. މީދޫ އަށް ވަޑައިގެން އެރަށު މަގުހެދުމުގެ މަސައްކަތް ނިނުން ވެސް ފާހަަގަ ކޮށްދެއްވާފައި ވެއެވެ.
ރައީސް ޔާމިން މި ދަތުރުފުޅުގައި ނ. އަތޮޅު މާފަރަށް ވަޑައިގެން އެރަށު އެއާޕޯޓާއި ބަނދަރު ހުޅުވާ ދެއްވާފައި ވެއެވެ. އަދި ނ. ވެލިދޫއަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙް ކޮއްދެއްވުމުގެ އިތުރުން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެނަފައި ވެއެވެ.
މީގެ އިތުރުން އެ ދަތުރުފުޅުގައި ރައިީސް ވަނީ ރ. އުނގޫފާރާއި، ރ. ދުވާފަރު އަދި ރ. މަޑުއްވަރީއަށް ވަޑައިގެން އެރައްތަކުގެ ރައްޔޮތުންނާއި ބައްދަލުކުރައްވާފައެވެ.