ދައުލަތުގެ ހޮސްޕިޓަލް ދޫކޮށް އެހެން ދިމަދިމާއަށް ޑޮކްޓަރުން ދިއުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް: ފައިސަލް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ދައުލަތުގެ ހޮސްޕިޓަލް ދޫކޮށް އެހެން ދިމަދިމާއަށް ޑޮކްޓަރުން ދިއުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް: ފައިސަލް
ދައުލަތުގެ ހޮސްޕިޓަލް ދޫކޮށް އެހެން ދިމަދިމާއަށް ޑޮކްޓަރުން ދިއުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް އިދިކޮޅު ކޯލިޝަން ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ކ. އަތޮޅުގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުގައި ހުރާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މިދިޔަ ދެތިން ހަފްތާއަށް އެކަނި ބެއްލެވި ނަމަވެސް ދައުލަތުގެ ހޮސްޕިޓަލް، ދޫކޮށް އެހެން ދިމަދިމާއަށް އެތައް ޑޮކްޓަރުންނެއް މިހާރުވެސް ވަނީ ގޮސްފައި ކަމަށާއި ފެނިވަޑައިގަންނަވަނީ ދުވަހެއް ދުވަހަކަށް ދޭންޖެހޭ ފަރުވާއެއް ނުލިބި ސިއްހީ ނިޒާމު ބަލިކަށިވަމުންދާ މަންޒަރުކަމަށެވެ.

''މިއަދުވެސް މިދިޔަ ދެތިން ހަފްތާއަށް ބަލައިފިކަމަށް ވަންޏާ ދައުލަތުގެ ހޮސްޕިޓަލް، ދޫކޮށް އެހެން ދިމަދިމާއަށް އެތައް ޑޮކްޓަރުންނެއް މިހާރުވެސް ވަނީ ގޮސްފައި... އެއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް'' ފައިސަލް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަން ސަރުކާރެއްގައި ރާއްޖޭގެ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް އެކަށީގެންވާ އުޖޫރަ ލިބި، ހިތްހަމަޖެހޭ ފަދަ މާހައުލެއް ފަހިކޮށް ދޭނެކަމަށް ފައިސަލް ވިދާލުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ޑޮކްޓަރުންނަށް އެކަށީގެންވާ އުޖޫރަ ލިބި، ހިންހަމަޖެހޭ ފަދަ މާހައުލެއް ސިޔާސީ ފިއްތުންތަކެއް ނެތި އެމާހައުލެއްގައި ނަރުހުންނަށާއި ޑޮކްޓަރުންނަށް އެކަން ކޮށްދިނުމަކީ ރައްޔިތުންގެ ހައްގުގައިވާ ވައުދެއް ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
މިއަދު އޮންލައިން