ރައްޔިތުންނަށް ޚިދުމަތް ކުރެވޭނީ ރަށަށް ޚިދުމަތްކޮށްގެން: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ރައްޔިތުންނަށް ޚިދުމަތް ކުރެވޭނީ ރަށަށް ޚިދުމަތްކޮށްގެން: ފައިޞަލް
ރައްޔިތުންނަށް ޚިދުމަތް ކުރެވޭނީ ރަށަށް ޚިދުމަތްކޮށްގެން ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

މާލެ އަތޮޅުގެ 4 ރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ދިއްފުށީގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް މިމޭރުމުން ވިދާޅުވީ ދިއްފުށްޓަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވީއިރުވެސް މިއަދާއި ހަމައަށްވެސް އެ މައްސަލައަށް އެއްވެސް ޙައްލެއް ހޯދައިދެވިފައި ނެތްކަން ފާހަގަކުރައްވަމުންނެވެ.

ފައިޞަލް ވިދާޅުވީ ރަށެއް ތަރައްޤީކުރުމުގެ ޙަޤީޤީ ވިސްނުމުގައި މަސައްކަތްކުރާނަމަ އެންމެ ފުރަތަމަވެސް ސަމާލުކަން ދޭންޖެހޭނީ އެރަށެއް ޙިމާޔަތްކުރުމަށް ކަމަށެވެ. އެއާއިއެކު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާއި އެގޮތުން ބަލާއިރު ޞިއްޙީ ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަކީ އެންމެ ބޮޑަށް އިސްކަންދީގެން ކުރަންޖެހޭނެ ކަންތައް ކަމަށެވެ.

ކޯލިޝަނުގެ ސަރުކާރެއްގައި މިކަންކަން ތަރުތީބުން ކުރިއަށް ގެންގޮސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދޭނެ ކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ.

މިއަދު އޮންލައިން