ވެލިދޫއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ކިޔުމަށް ހޭދަވާނީ 51ސ
ވެލިދޫއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި
ނ. ވެލިދޫއަށް ރައީސް އަބްދުﷲ ޔާމިން ރޭގެ ވަގުތެއްގައި ވަޑައިގަންނަވާތީ ބަނދަރު ސަރަހައްދުން އެއްވި މީހުންގެ ތެރޭގައި ހައްޔަރު ކުރި ތިން މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނެފައިވަނީ އެ ތިން މީހުން ހައްޔަރު ކުރީ މީހުން އެއްވެ އުޅުނު ހިސާބުގައި ހަމަނުޖެހުން ހިންގައިގެން ކަމަށެވެ. ނަމަވެސް މިހާރު އެމީހުން ދޫކޮށްލާފައެވެ.

ވެލިދޫގެ ކައުންސިލް މެންބަރަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން ރައީސް ފުރާވަޑައިގަތުމާއިއެކު ދެމީހުން ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލި ކަމަށެވެ. އަދި ތިންވަނަ މީހާ ދޫކޮށްލީ ފަތިހު 04:30 ކަންހާއިރުކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ރޭ އެރަށަށް ވަޑައިގެނެވީ އެރަށުގެ ފެނާއި، ނަރިދަމާގެ ޚިދުމަތް އިފްތިތާހުކޮށްދެއްވުމުގެ އިތުރުން އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވުމަށެވެ.

ވެލިދޫއަށް ރައީސް ޔާމީން ވަޑައިގަންނަވާތީ ކޯޓު އަމުރެއްގެ ދަށުން އެރަށުގެ އިދިކޮޅު އެމްޑީޕީ ހަރުގޭގައި ހުރި ލައުޑް ސްޕީކަރާއި އެހެނިހެން ބައެއް ތަކެތިވެސް ހިފެހެއްޓި ކަމަށް ވެއެވެ.
މިއަދު އޮންލައިން