ނ. އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީކުރާނެ ކަމުގެ އިޝާރާތެއް ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
ނ. އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީކުރާނެ ކަމުގެ އިޝާރާތެއް ކޮށްފި
ރައީސް ޔާމީން ނ. އަތޮޅަށް ކުރެއްވި ދަތުރު ފުޅުގެ ތެރެއިން އެއަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީ ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފިއެވެ.

ރޭ ނ. ވެލިދޫ އަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔަމީން ވަނީ ވެލިދޫ ކާރީ އިންނަ ފިނޮޅެއް ކަމަށްވާ "ވިހަފަރު" ގައި އެއާޕޯޓެއް އަޅާނެ ކަމުގެ އިޝާރާތެއް ދެއްވާފަވެއެވެ.

އެމަނިކުފާނު ވެލިދޫގައި ވާހަކަ ފުޅުދައްކަވަމުން ވިދާޅުވީ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި "މަތިންދާބޯޓެއްގައި ވިހަފަރަށް ޖައްސާލުން ކިހިނެއް ވާނެތޯ" ކަމަށާއި އެކަން ކުރެވޭނީ އަންނަ ރިޔާސީ އިންތިހާބުގައި ދެވަނަ ފުރުސަތެއް ލިބިގެން ކަމަށެވެ.

ރައީސް ޔާމީން ނ. އަދި ރ. އަތޮޅަށް ކުރެއެވި ދަތުރުފުޅުގައި ވަނީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވާ ދެއްވާފައެވެ. އަދި އެ ދަތުރު ނިންމާލުމަށްފު މިއަދު މަލެ ވެސް ވަޑައިންގެންފައި ވެއެވެ.
މިއަދު އޮންލައިން