ޤައުމުން ބޭރުގަ ތިބި ކެރަލާ ރައްޔިތުން ޕާޓީތައް ކެންސަލްކޮށް ފަަންޑަށް އެހީވާން ނިންމައިފި
ޤައުމުން ބޭރުގަ ތިބި ކެރަލާ ރައްޔިތުންގެ ގިނަ ބައަކު އެމީހުން ބާއްވަން ރާވާފައިހުރި ޕާޓީތައް ކެންސަލްކޮށް ފެންބޮޑުވުމުން ޙާލުގައި ޖެހުނު މީހުންނަށް އެހީވާ ފަަންޑަށް އެހީތެރިކަން ފޯރުކޮށް ދޭން ނިންމައިފިއެވެ.
ޔޫއޭއީގައި މަސައްކަތްކުރާ ގިނަ ބައަކު މިހާރުވެސް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ޗީފް މިނިސްޓަރުގެ ގޮވާލުމަށް އިޖާބަ ދިނުމުގެ ގޮތުން ޤައުމުން ބޭރުގައި މަސައްކަތްކުރާ އެންމެންހެން ތިބީ އެމީހުންގެ 1 މަސް ދުވަހުގެ މުސާރަ ފަންޑަށް ހަދިޔާކުރަން ތައްޔާރަށެވެ.
ޗީފް މިނިސްޓަރު އެދިފައިވަނީ 10 އިންސްޓޯލްމަންޓަށް ބަހާލައިގެން 1 މަސް ދުވަހުގެ މުށާރަ ހަދިޔާ ކުރުމަށެވެ.
ދުބާއީގައި ހިންގާ މަލާބާރު ގްރޫޕު އޮފް ކޮމްޕެނީސް އިން ވަނީ 70 މިލިއަން ރުޕީސްގެ އެހީއެއް ދިނުމަށް ނިންމައިފައެވެ.
އިންޑިއާ މައި ސަރުކާރުން ވަނީ ފެންބޮޑުވޫމާއި ގުޅިގެން ޤަތަރު، ޔޫއޭއީ ފަދަ ޤައުމުތަކުން ހުށަހެޅި ބޮޑެތި އެހީތައް ޤަބޫލުނުކޮށްފައެވެ. އެކަމާއި ގުޅިގެން ކެރަލާ ރައްޔިތުން ގެންދަނީ ރުޅިގަދަވެ ސަރުކަރާ ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ.