ގިނަ އަދަދެއްގެ ފެންވަރު ރަނގަޅު ވަގު ޑޮލަރުތައް ދައުރުކުރާތީ އެމްއެމްއޭ އިން ކަންބޮޑުވުން ފައުޅުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ގިނަ އަދަދެއްގެ ފެންވަރު ރަނގަޅު ވަގު ޑޮލަރުތައް ދައުރުކުރާތީ އެމްއެމްއޭ އިން ކަންބޮޑުވުން ފައުޅުކޮށްފި

ގިނަ އަދަދެއްގެ ފެންވަރު ރަނގަޅު ވަގު ޑޮލަރުތައް ދައުރުކުރާތީ އެމްއެމްއޭ އިން ކަންބޮޑުވުން ފައުޅުކޮށްފިއެވެ.

މިކަން ހާމަަކޮށް ސޯޝަލް މީޑިއާގައި ހާމަވެފައިވާ އެމްއެމްއޭގެ ސިޓީއަކީ އެމްއެމްއޭ އިން ބޭންކް އޮފް މޯލްޑިވްސްއަށް ފޮނުވާފައިވާ ސިޓީއެވެ. އެ ސިޓީގައި ބުނެފައިވަނީ އެމެރިކާ ޑޮލަރުގެ 100 އަދި 50 ގެ ވަރަށް ފެންވަރު ރަނގަޅު ނޫޓޫތަކެއް ފަހަކަށް އައިސް ދައުރުވަމުންދާ ކަމަށެވެ.

ބޭންކް މޯލްޑިވްސް އަށް ލިބޭ އެފަދަ ވަގު ނޫޓުތައް ޖެހިގެން އަންނަ ދުވަހު އެމްއެމްއޭއަށް ހުށަހަޅަމުން ގެންދިއުމަށް ވެސް ސީނިއަރ އެގްޒެކަޓިވް ޑިރެކްޓަރ ޢައިޝަތު ނާދިޔާ ސޮއިކުރައްވާފައިވާ ސިޓީގައި ވަނީ ބީއެމްއެލްއަށް އަންގައިފައެވެ.



މިއަދު އޮންލައިން