ފުލުހުން ކުރާ މަސައްކަތްތަކަށް ތަފާތު ލޮލަކުން ބަލަން ފުުލުހުން އެދޭ ކަމަށާއި އެގޮތުން ފުލުހުންނާއި ދިމާއަށް ސިޔާސީ ލޮލުން ނުބެލުމަށް ފުލުހުން އެދިއްޖެއެވެ. މިކަމަށް ފުލުހުންގެ ތަރުޖަމާން ޝިފާން އެދިވަޑައިގަތީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ޝިފާން ވިދާޅުވީ ފުލުހުން ބަލަންޖެހޭ މައްސަލަތައް ގެންދަނީ ބަލަމުން ކަމަށެވެ. އަދި ތަޙްޤީޤް މަރުހަލާ ކުރިއަށް ގެންދާތީ އެކަންކަމުގެ މައުލޫމާތު ހާމަކުރެއްވެން ނެތް ކަމަށެވެ.
ޖުލައި މަހުގެ 10 ވަނަ ދުވަހު ހުޅުމާލެއަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބޫ ވަޑައިގަތުމުން ހަމަލާދިން މައްސަލަ އާއި މިމަހުގެ 25 ވަނަ ދުވަހު ރައީސް ނަޝީދުގެ ކަރު ބުރިކޮށްލާނެ ކަމަށް ބުނި މައްސަލައިގައި އެއްވެސް މީހަކާއި ސުވާލުކޮށް ތަޙްޤީޤް ކުރެވިފައިވޭތޯ ކުރި ސުވާލުތަކަށް ޝިފާން ދެއްވި ޖަވާބަކީ ބަލަންޖެހޭ މައްސަލަތައް ބަލާނެ ކަމަށާއި އިތުރު ތަފްޞީލް ޙާމަކުރައްވަން ނެތިން ކަމަށެވެ.
ވިލިގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ކޮށައި ކުދިކުދިކޮށް ޗިސްޗިސްކޮށްލާނެ ކަމަށް ޕީޕީއެމްގެ ޖަލްސާއެއްގައި ވަނީ ލައިވްކޮށް ބުނެފައިކަންވެސް ފާހަގަކުރެވެއެވެ. މީހަކު މަރާނެކަމަށް ބުނެފައިވާ މި މައްސަލައިގެ ތަޙްޤީޤާއި ގުޅޭގޮތުން ވެސް ފުލުހުންގެ ބަހެއް އަދި މިހައިތަނަށް ލިބިފައެއް ނުވެއެވެ.
ޝިފާންގެ ވާހަކަފުޅު (އޯޑިއޯ):