ދީނީ ޢިލްމްވެރިންނާ ގިނަބައަކު ކުރަން ބޭނުންވާ 3 ސުވާލު: ހަމަހަމަ ފުރުޞަތުތައް ނުދީ "ކޮންމެވެސް ގޮތަކުން ކާމިޔާބުކުރާ" އިންތިޚާބު ޞައްޙަވެ ވެރިކަން ޞައްޙަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ދީނީ ޢިލްމްވެރިންނާ ގިނަބައަކު ކުރަން ބޭނުންވާ 3 ސުވާލު: ހަމަހަމަ ފުރުޞަތުތައް ނުދީ "ކޮންމެވެސް ގޮތަކުން ކާމިޔާބުކުރާ" އިންތިޚާބު ޞައްޙަވެ ވެރިކަން ޞައްޙަވާނެތޯ؟
ޤާނޫނުގައި ބުނަނީ އިންތިޚާބަށް ވާދަކުރަން ކުރިމަތިލާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުޞަތުތައް ލިބެންޖެހޭނެ ކަމަށެވެ.

ޕީޕީއެމުން އަލިމަސް ކާނިވަލުގައި 7 ސެޕްޓެމްބަރުގައި ޖަލްސާ ބާއްވަނީއެވެ. އެތައް ދުވަހެއް ކުރިއާލައި ޕީޕީއެމަށް އަލިމަސް ކާނިވާ ލިބޭ ދުވަސް އެބައެނގެއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ)ގެ ތަރުޖަމާނު ވިދާޅުވަނީ ސިޓީލައިގެން އުޅޭތާ އެތައް ދުވަހެއްވީއިރުވެސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިޞްބަތްވެވަޑައިގަންނަވާ އެމްޑީPީއަށް އަލިމަސް ކާނިވާ ނުލިބޭ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވަނީ ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ހިންގާ ޕީއެސްއެމް އިން މެދުކެނޑުމެއްނެތި ކުރަމުން ގެންދަނީ ރައީސް ޔާމީންގެ ކެންޕޭނު ކަމަށެވެ. ރައީސް ޔާމީން ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ކުރައްވާ ދަތުރުފުޅުތަކުގައި ގެންދަވަނީ އަމިއްލަފުޅު ކެންޕޭނު ކުރައްވަމުން ކަމަށެވެ.

މިފަދަ ގިނަ ތުހުމަތުތަކެއް ކުރަމުން ގެންދާއިރު މި 3 ކަންތައް މިއީ ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންނަށްވެސް އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަޤީން ކުރެއްވެވޭނެ ކަންތައްތަކެކެވެ.

ދެން މިއިވެނީ "ކޮންމެވެސް ގޮތަކުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނެ" ކަމުގެ ވާހަކަތަކެވެ.

އެހެންކަމުން މިކަންކަމާއި ގުޅިގެން ރައްޔިތުންގެ ގިނަ ބައަކު ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންނާއި ކުރަން ބޭނުންވާ އެންމެ މުހިންމު އެއް ސުވާލަކީ "ހަމަހަމަ ފުރުޞަތުތައް ނުދީ ކޮންމެވެސް ގޮތަކުން ކާމިޔާބުކުރާ އިންތިޚާބު ޞައްޙަވެ ވެރިކަން ޞައްޙަވާނެތޯ؟" އެވެ.

ދެވަނަ ސުވާލަކީ އިސްލާމް ދީނުގައި ބަޔާންވެގެންވާ އިންޞާފުން ބޭރުން ވެރިކަމަށް އިސްވެ ކުރާ ވެރިކަމެއްގައި މުސާރަ އާއި އިނާޔަތުގެ ގޮތުގައި ބޭނުންކުރާ ދައުލަތުގެ ފައިސާ ޙަލާލުވާނެތޯއެވެ؟

ތިން ވަނަ ސުވާލަކީ އިސްލާމް ދީނުގައި ބަޔާންވެގެންވާ އިންޞާފުން ބޭރުން ވެރިކަމަށް އިސްވެ ކުރާ ވެރިކަމަކަށް ރައްޔިތުން ބޯލަނބައި ކިޔަމަންވާންޖެހޭނެތޯއެވެ؟

ރައްޔިތުންގެ މި 3 ސުވާލަށް ދީނީ އިލްމުވެރިން ދީނީ ނަޒަރަކުން ދެއްވާ ޖަވާބު ރައްޔިތުން ބޭނުންވެއެވެ. ޤާނޫނާއި ކޯޓުތަކުގެ ޙުކުމްގެވާހަކަތައް އަޑުއަހަންވެސް ރައްޔިތުން ބޭނުމެއް ނުވެއެވެ. ރާއްޖޭގެ ޤާނޫނު އަސާސީގައި ބުނެފައިވާގޮތުން ޤާނޫނުތަކާއި ޝަރުޢީ ޙުކުމްތައް ހުންނަން ޖެހޭނީ އިސްލާމްދީނުގެ އިންތަކުގެ ތެރޭގައެވެ.

އިސްލާމް ދީނުގައި މިކަންކަން އޮތް ގޮތް އެނގެން ރައްޔިތުން އެވަރަށް ބޭނުންވަނީ ފަހަކަށް އައިސް ރާއްޖޭގައި ކަންކަން ހިނގަމުން އަންނަ ގޮތަށް ބަލައި ކުއްލި ކުއްލިއަށް ޤާނޫނާއީ ޚިލާފަށް ހަދަމުން ގެންދާ ޤާނޫނުތަކާއި އެފަދަ ޤާނޫނާއި ޚިލާފު ޤާނޫނުތައް ޞައްޙަ ކުރުމަށް އިއްވާ ޙާލަތު ޒަރޫރީ ޙުކުމްތަކުގެ ސަބަބުން ރައްޔިތުން ތިބީ ވަރަށް ބޮޑުވުމެއްގެ ތެރޭގައި ކަމަށްވާތީއެވެ.

މިއެންމެހައި ކަންކަމަކީވެސް ދީނީ ޢިލްމުވެރިންނަށް ވަރަށް ފުރިހަމައަށް އެނގިވަޑައިގަންނަވާނެ ކަންކަމަށްވާއިރު ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތުގެ އަލީގައި ދީނީ ޢިލްމުވެރިން ދެއްވާނެ ޖަވާބަށް ރައްޔިތުން ތިބީ ކެތްމަދުވެފައެވެ.
މިއަދު އޮންލައިން