ޑރ. މުއިއްޒު މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމްއެންޔޫ ގެ އެދުމަކަށް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެޔުނިވާރސިޓީގެ ދަސްވެނިވުމުގެ ޚަފްލާ، ބްރިޖު މަތީގައި ބޭއްވުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދެއްވައިފި ކަމަށެވެ.
"އެމްއެންޔޫ ގެ ރިކުއެސްޓަކަށް، 2 ސެޕްޓެމްބަރ ދުވަހުގެ ރޭ އެމްއެންޔޫ ގެ ގްރެޖުއޭޝަން ސެރެމޮނީ ބްރިޖު މަތީގައި ބޭއްވުމުގެ ހުއްދަ ރައީސް ޔާމީން ދެއްވައިފި. މަރްޙަބާ މި ތާރީޚީ ދަސްވެނިވުމުގައި ދަސްވެނިވާ ހުރިހާ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންނަށް" ހައުސިން މިނިސްޓަރ ވިދާޅުވެފައިވެއެވެ.
MNU ge request akah, 2 September dhuvahugerey MNU ge graduation ceremony Bridge matheegaibeyvvumugehuhdhaRaeesYameendhevvaifi. Marhaba mi thaareekheedhasvenivumugaidhasvenivaahurihaadharivarunnaa e dharivarungebekeniverinnah!
— Dr.MohamedMuizzu (@MMuizzu) August 30, 2018