އަބާދީ ކިތަންމެ މަދު ނަމަވެސް ނަމާދުކުރާނެ ފުރިހަމަ މިސްކިތެއް ބަހައްޓާނަން: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އަބާދީ ކިތަންމެ މަދު ނަމަވެސް ނަމާދުކުރާނެ ފުރިހަމަ މިސްކިތެއް ބަހައްޓާނަން: ފައިޞަލް
ރަށެއްގައި ދިރިއުޅޭ މީހުންގެ އާބާދީ ކިތަންމެ މަދުނަމަވެސް އެރަށެއްގައި މީހުން ދިރިއުޅޭނަމަ ނަމާދުކުރާނެ ފުރިހަމަ މިސްކިތެއް ބަހައްޓަވާނެ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް މިމޭރުމުން ވިދާޅުވީ މިއަދު ފެހެންދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފައިޞަލް ވިދާޅުވީ ކިތަންމެ މަދު ބައަކު ިރިއުޅުުނު ނަމަވެސް ނަމާދު ކުރެވޭނެ ފުރިހަމަ އިންތިޒާމް ކޯލިޝަނުގެ ސަރުކާރުގައި ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

ފެހެންދޫއަކީ މީސްކޮޅު މަދުރަށަކަށްވުމުން ކުދިން ކިޔަވަން ސްކޫލަށް ގެންދަންޖެހެނީ ދަތުރުކޮށް ގޮއިދޫއަށްކަން ފާހަގަކުރައްވައި ބެލެނިވެރިން ކުރަމުން ގެންދާ މަސައްކަތަށް ފައިޞަލް ވަނީ ތައުރީފް ކުރައްވައިފައެވެ. ފައިޞަލް ވިދާޅުވީ އެކަމަށް ކުރަންޖެހޭ ދަތުރުުތައް ސަލާމަތްކަމާއި ރައްކައުތެރިކަމާއިއެކު ކުރެވޭނެ އިންތިޒާމް ކޯލިޝަންގެ ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.

ފެހެންދޫއަކީ ފަޅާއި ގޮނޑުދޮށް ރީތި، ފަތުުރުވެރިކަމަށް ރަނގަޅު މުސްތަޤްބަލެއް އޮތް ރަށެއްކަން ފާހަގަ ކުރައްވައި ފައިޞަލް ވިދާޅުވީ ފަތުރުވެރިކަން ޚާއްޞަކޮށް ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމަކީ ކޯލިޝަނުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް ކަމަށެވެ.
މިއަދު އޮންލައިން