އެޑްވާންސްކޮށް ވައްކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ރައީސް ވިދާޅުވި މައްސަލަ ބަލައިިދިނުމަށް ފައިޞަލް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
އެޑްވާންސްކޮށް ވައްކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ރައީސް ވިދާޅުވި މައްސަލަ ބަލައިިދިނުމަށް ފައިޞަލް ގޮވާލައްވައިފި
އެޑްވާންސްކޮށް ވައްކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވި މައްސަލަ ބަލައިިދިނުމަށް ރަނިންމޭޓް ފައިޞަލް ނަސީމް ސަރުކާރުގެ ކަމާއި ބެހޭ މުއައްސަސާތަކަށް ގޮވާލައްވައިފިއެވެ.

ފެހެންދޫގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް މިއަދު ވިދާޅުވީ ވައްކަން ކުރުމަކީ ﷲ ތަޢާލާ ހައްދު ކަނޑައަޅުއްވަވަވައި ވަޙީ ބާވައިލައްވަވާފައިވާ ކަމަކަށްވާއިރު އެދްވާންސްކޮށް ވައްކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށް އެއްވެސް މީހަކު ބުނެފިނަމަ އެމައްސަލަ ބަލަންޖެހޭނެ ކަމަށެވެ.

ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މާރިޔާ އިއްޔެ ވިދާޅުވީ ވައްކަން ކުރުމަކީ ކުށެއް ކަމަށް ޤާނޫނު އަސާސީގަ އާއި ޤަނޫނުލްޢްޤޫބާތުގައި ބަޔާންކޮށްފައިވާއިރު އެއީ މައްސަލައެއް ކަމަށެވެ. އެއީ މައްސަލައެއް ނޫންކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް އެއީ މައްސަލައެއް ކަމަށެވެ. އެއީ މައްސަލައެއް ނޫންކަމަށް ވާނީ ޤާނޫނުންވައްކަން ކުރުމުގެ ބައި އުނިކޮށްފި ނަމަ ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މިހާރުގެ ސަރުކާރުން ވައްކަން ކުރާކަމުގެ ސާބިތު ހެކިތައް ދައުލަތުގެ އޮޑިޓް ރިޕޯޓްތަކުން ފެންނަން ހުއްޓައި ރައީސް ޔާމީން މިފަދަ މޭރުމަކުން ވިދާޅުވުމުން ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
މިއަދު އޮންލައިން