ޖަލުބަންދުގަ އޮންނެވި އަބްދުﷲ ރިޔާޟްގެ ދެ ކަނބަލުންނަށް މިރޭ ބާއްވާ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވައިފި

ކިޔުމަށް ހޭދަވާނީ 36ސ
ޖަލުބަންދުގަ އޮންނެވި އަބްދުﷲ ރިޔާޟްގެ ދެ ކަނބަލުންނަށް މިރޭ ބާއްވާ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވައިފި
މިރޭ ބާއްވާ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތައް ޖަލުގައި އޮންނެވި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޟްގެ ދެ ކަނބަލުންނަށް ދައުވަތު އަރުވައިފިއެވެ.

މިކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ، އެމަނިކުފާނު ޖަލުގައި ހުންނަވާއިރު ދައުވަތު އެރުވުމުން އެނގިގެންދަނީ ސަރުކާރުގެ އަނިޔާވެރި ކަމާއި މަލާމާތާއި ފުރައްސާރަކުރުން ހުރި މިންވަރު ކަމަށެވެ.



ޖުމްހޫރީ ޕާޓީގެ ނައިބުރައިސް ކަމުގައި ހުންނަވަނިކޮށް އަބްދުﷲ ރިޔާޟް ޖަލުގައި ބަންދު ކުރީ މިއަހަރުގެ މާރިޗް މަހުގެ ދެވަނަދުވަހު ޢާންމު އެއްވުމެއް ބައްލަވާލައްވަން މަޖީދީމަގުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމަށްފަހުއެވެ.
މިއަދު އޮންލައިން