މިރޭ ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ "ސިނަމާލެ ބްރިޖު" ހުޅުވުމުގެ ރަސްމިއްޔާތަށް ހުރިހާ ސިޔާސީ ޕާޓީއެއްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުވަތު އަރުވާފައިވާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓަރ މިކަމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިނަމާލެ ބްރިޖު ހުޅުވުމަށް މިރޭ ބާއްވާ ރަސްމިއްޔާތަށް ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޕާޓީއެއްގެ މެންބަރުންނަށް ވެސް ދައުވަތު ދީފައިވާ ކަމަށެވެ.
އޭގެ ތެރޭގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި އަދާލަތު ޕާޓީގެ މެންބަރުން ވެސް އެހަފުލާގައި ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.