ހުމާއި ރޯގާ އިތުރުވެދާނެތީ ސަމާލުވުމަށް އިލްތިމާޟްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 8ސ
ހުމާއި ރޯގާ އިތުރުވެދާނެތީ ސަމާލުވުމަށް އިލްތިމާޟްކޮށްފި
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ހައްޖުވެރިން އަނބުރާ ރާއްޖެއަށް އައުމާއެކު ހުމާއި ރޯގާ އިތުރުވެދާނެތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މި ދުވަސްވަރަކީ ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިން އެންބުރި ރާއްޖެ އަންނަ ދުވަސްވަރަށްވުމުން އެހެން އަހަރުތަކޭ އެއްފަދައިން މި އަހަރުވެސް އަރިދަފުސް ރޯގާ އަދި ވައިރަލް ހުން އިތުރުވެދާނެކަމަށް އެޗްޕީއޭ އިން ނެރުނު އިއުލާނުގައި ވެއެވެ. އަދި އެ ފަދަ ބަލިތަކަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބަލިތަކަށްވުމުން އެކަމަށް ސަމާލުވުމަށް ވެސް ވަނީ އެދިފައެވެ.

ހައްޖުގެ އަޅުކަން ކުރިފަރާތްތަކަށް ހާއްސަކޮށް އިއްޔެ އިން ފެށިގެން އައިޖީއެމްއެޗުގެ ފްލޫ ކްލިނިކެއް ގައި އިރުއޮއްސި 06:00 އިން ފެށިގެން ރޭގަނޑު 12:00 އަށް ޚިދުމަތް ދޭންފަށާފައިވާކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

އޭގެ އިތުރުން އަޖުން އެންބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުންއައިސް، ކެއްސައި، ނޭވާލުމަށް އުންދަގޫ ވާނަމަ ލަސްނުކޮސް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާޟް ކޮށްފައިވެއެވެ. އަދި ޑޮކްޓަރަށް ދައްކަންދާއިރު އައިޑީ ކާޑާއި ހައްޖު ގްރޫޕްގެ އައިޑެންޓިފިކޭޝަން ކާޑު ނުވަތަ ޕާސްޕޯޓް ގެންދިއުމުން ކްލިނިކްގެ ޙިދުމަތް ލިބޭނެކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
މިއަދު އޮންލައިން