މާލެ އާއި ހުޅުލެ ގުޅުވައިދޭ "ސިނަމާލެ ބްރިޖު" ރަސްމީކޮށް ހުޅުވުމުގެ ޚާއްސަ ރަސްމިއްޔާތު ފަށައިފިއެވެ.
ޗައިނާ ސަރުކާރުގެ އެހީގައި މި ބްރިޖު އެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގައެވެ. ސިނަމާލެ ބްރިޖު ނިންމަން ކަނޑައެޅި މުއްދަތައްވުރެ މާކުރިން ނިންމާފައިވާކަމީ، ރާއްޖެއާއި ޗައިނާ ސަރުކާރުން ވެސް އުފަލާއެކު ފާހަގަ ކުރާ ކަމެކެވެ.
ކީރިތި ޤުރްއާނުގެ ބަރަކާތުން މިޚަފްލާ ފެށުމަށް މިރޭ ހަމަޖެހިފައިވާއިރު، ބްރިޖު ހުޅުވުމަށްފަހު އެސަރަޙައްދުގައި ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.