މިއީ ޗައިނާއާއި ރާއްޖޭގެ ގުޅުން ރަމްޒު ކޮށްދޭ ބިނާއެއް- ޗައިނާ ރައީސްގެ މަންދޫބު

ކިޔުމަށް ހޭދަވާނީ 38ސ
މިއީ ޗައިނާއާއި ރާއްޖޭގެ ގުޅުން ރަމްޒު ކޮށްދޭ ބިނާއެއް- ޗައިނާ ރައީސްގެ މަންދޫބު
ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ބިނާ ކުރެވިފައިވާ ތާރީހީ ސިނަމާލެ ބްރިޖަކީ ޗައިނާއާއި ރާއްޖޭގެ ގުޅުން ރަމްޒު ކޮށްދޭ ބިނާއެއް ކަމުގައި ޗައިނާ ރައީސް ގެ ޚާއްސަ މަންދޫނު ވަންގް ޝިއާއޮ ޓާއޯ ވިދާޅު ވެއްޖެއެވެ.

ސިނަމާލެ ބްރިޖު ހުޅުވުމުގެ ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓާއޯ ވިދާޅުވީ ސިނަމާލެ ބްރިޖަކީ ޗައިނާއާއި ރާއްޖޭގެ އެކުވެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ބިނާއެއް ކަމަށާއި ޗައިނާއިން އަބަދުވެސް ރާއްޖޭގެ ސޯޝަލް ޑިވެލޮޕްމެންޓަށް އެހީވާ ކަމަށެވެ.

"މިއީ ދެޤައުމުގެ ގުޅުމުގެ އައު ބާބެއްގެ ފެށުން. ދެ ޤައުމު ގުޅިގެން ކުރިއަށް އޮތްތަނުގައި ގިނަ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ" ޗައިނާ ރައީސްގެ މަންދޫބު ވިދާޅުވިއެވެ.
މިއަދު އޮންލައިން