ރައީސް ޔާމީނާ މާ ގާތްގުޅުމެއް އޮތްކަން ދެއްކި ނަޖީބު ރައްޒާޤާ ނަވާޒް ޝަރީފަށް ވީގޮތާމެދު ދިވެހިން ވިސްނަން ޖެހޭނެ: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ރައީސް ޔާމީނާ މާ ގާތްގުޅުމެއް އޮތްކަން ދެއްކި ނަޖީބު ރައްޒާޤާ ނަވާޒް ޝަރީފަށް ވީގޮތާމެދު ދިވެހިން ވިސްނަން ޖެހޭނެ: ފައިޞަލް
ރާއްޖެ އައިސް ރައީސް ޔާމީނާއި މާ ގާތް ގުޅުމެއް އޮތްކަން ދެއްކުމަށްފަހު އެނބުރި ޤައުމަށް ގޮސް އިންތިޚާބެއްގައި ބައިވެރިވެއްޖެނަމަ ރައްޔިތުން ރަތްކާޑު ދައްކާކަން އެއީ ވިސްނަން ޖެހިފައިވާ ކަމެއް ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.



ކޯލިޝަނުން މިރޭ ބ. ދަރަވަންދޫގައި ބޭއްވި ބައްދަލުވުމުގައި ފައިޞަލް ވިދާޅުވީ ރާއްޖެ އައިސް ރައީސް ޢަބްދުﷲ ޔާމީން އާއި މާ ގާތް ގުޅުމެއް އޮތްކަން ދެއްކުމަށްފަހު އެނބުރި ޤައުމަށް ގޮސް މެލޭސިޔާގެ އެއިރުގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް އާއި ޕާކިސްތާނުގެ އެއިރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އިންތިޚާބަށް ކުރިމަތިލުމުން ރައްޔިތުން ބުނި ބަސް އެއީ ދިވެހި ރައްޔިތުންނަށް މެސެޖެއް ކަމަށެވެ.



ފައިޞަލް ވިދާޅުވީ އެ ދެ ބޮޑުވަޒީރުންނަށްވެސް ރައްޔިތުން ނޫނެކޭ ފުދިއިތުރުވެއްޖެއޭ ބުނީ ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް ގޮސްފައިވާތީ ކަމަށާއި ރާއްޖޭގައިވެސް ކަންކަން ހިނގަމުންދަނީ ހަމަ އެމިސްރާބުން ކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

ފައިޞަލް މިމޭރުމުން ވިދާޅުވެފައިވާއިރު ނަޖީބް ރައްޒާޤް އާއި ނަވާޒް ޝަރީފަށް ވަނީ އިންތިޚާބު ގެއްލި ބޮޑު ބައްޔަކުން އިންތިޚާބުގައި ބަލިވެފައެވެ. އަދި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި ގުޅިގެން ދެ ބޮޑުވަޒީރުންވެސް މިހާރު ތިބީ ބަންދުގައެވެ.
މިއަދު އޮންލައިން