ކޮލަމާފުށީގަ ރައީސް ޔާމީނަށް ތާއީދު ނެތުމަކީ އިބޫ އެރަށަށް ވަޑައިގަތުން ހުއްޓުވަން ޖެހެންވީ ސަބަބެއް ނޫން: ޙިސާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ކޮލަމާފުށީގަ ރައީސް ޔާމީނަށް ތާއީދު ނެތުމަކީ އިބޫ އެރަށަށް ވަޑައިގަތުން ހުއްޓުވަން ޖެހެންވީ ސަބަބެއް ނޫން: ޙިސާން
ރައީސް ޔާމީނަށް ގއ ކޮލަމާފުށީ ރައްޔިތުންގެ ތާއީދު ނެތުމަކީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އެރަށަށް ވަޑައިގަތުން ހުއްޓުވަން ޖެހޭ ސަބަބެއް ނޫން ކަމަށް ޤާނޫނީ ވަކީލް ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން މިރޭ ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ޙިސާން ވިދާޅުވީ އިބޫ ކެންޕޭނަށް ވަޑައިގަންނަވަންވީ ރަށްތައް ކަނޑައަޅުއްވާނީ އިބޫ އާއި އިބޫގެ ކެންޕޭނު ޓީމުން ކަމަށެވެ. އަދި އެއީ ފުލުހުންނާއި އެއްވެސް ވަރަކަށް ބެހޭ ވެސް މައްސަލައެއް ނޫން ކަމަށެވެ.

"އެމަނިކުފާނުގެ ސެކިޔުރިޓީގެ ކަންތައްތަކާ ހަވާލުވެފައިވަނީ އެމްއެންޑީއެފް. ދިވެހި ސިފައިން. ވަކި ރަށަކަށް ދާން ވެސް ނުދާންވެސް ފުލުހުންނަކަށް ނުބުނެވޭނެ. އެއީ ފުލުހުންނާ ބެހޭ ކަމެއް ނޫން." ހިސާން ވިދާޅުވިއެވެ.

ހިސާން މިމޭރުމުން މިއަދު ވިދާޅުވެފައިވާއިރު ފުލުހުން މިއަދު ވަނީ ތަފާތު 3 މައްސަލަ އަކާއި ގުޅިގެން ކަމަށްބުނެ އެމްޑީޕީގެ 18 މީހަކު ހައްޔަރުކޮށްފައެވެ. ކޯޓުން ވަނީ އެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.

އެމްޑީޕީން ބުނަމުން ގެންދަނީ ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ހިނގި އެއް ބާވަތެއްގެ ކަމަކާއި ގުޅިގެން ހަމައެކަނި އެމްޑީޕީގެ ސަޕޯޓަރުން ހައްޔަރުކުރުމުން ކަންބޮޑުވާ ކަމަށެވެ.
މިއަދު އޮންލައިން