ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ޗައިނާއިން އަބަދުވެސް އިހުތިރާމް ކުރާނަން: ޗައިނާ ރައީސްގެ މަންދޫބު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ޗައިނާއިން އަބަދުވެސް އިހުތިރާމް ކުރާނަން: ޗައިނާ ރައީސްގެ މަންދޫބު
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ޗައިނާއިން އަބަދުވެސް އިހުތިރާމް ކުރާނެ ކަމަށް ޗައިނާ ރައީސްގެ މަންދޫބު ވަންގް ޝިއާއޮ ޓާއޯ ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާ ރައީސްގެ މަންދޫބު ވިދާޅުވީ، އެބްރިޖު ހުޅުވުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ތަރައްޤީއެއް ކަމަށެވެ.



"މިބްރިޖުގެ މަސައްކަތަކީ އެމަސައްކަތް އިފްތިތާހް ކުރީއްސުރެ (ޗައިނާ) ރައީސް ޝީ ޖިން ފިންގް ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއް ދެއްވި މަޝްރޫއެއް. އެމަނިކުފާނު ވަނީ މިމަޝްރޫއު އެންމެ ރަނގަޅު ކޮލިޓީގައި އަދި ދީފައިވާ މުއްދަތަށް ނިންމުމަށް އިރުޝާދު ދެއްވާފައި" ޓާއޯ ވިދާޅުވިއެވެ.



ޓާއޯ ވިދާޅުވީ ޗައިނާއާ ރާާއްޖެއާކީ ޒަމާންވީ ރަހުމަތްތެރިން ކަމަށާއި އަދި ދެގައުމުންވެސް ދެގައުމުގެ މަންފައާއި ލާބައަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ގައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރާނެ ކަމަށާއި އަދި އޭގެން ހަގީގީ މަންފާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

މިއަދު އޮންލައިން