ސިނަމާލޭ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް އިދިކޮޅު އިއްތިހާދަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީސް ދެ މެމްބަރަކު ވަޑައިގަންނަވައިފިއެވެ.
މިރޭ ބޭއްވި ސިނަމާލޭ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގަތް އިދިކޮޅު ދެ މެމްބަރުންނަކީ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝީދު) އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) އެވެ.
ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ހުރިހާ މަޖިލިސް މެންބަރުންނަށް ހައުސިން މިނިސްޓަރު މުއިއްޒު ދައުވަތު ދިންނަމަވެސް މިރަސްމިއްޔާތަށް ވަޑައިގަތީ ހަމައެކަނި އޭޑީކޭ ނާޝިދާއި މަވޯޓާ ޝަރީފެވެ.
ބްރިޖު ހުޅުވުމަށް ވަނީ ކުލަގަދަ ބަޑިބޭހުގެ ހަރަކާތްތައް ދައްކާލައިފަ އެވެ. އަދި މިރަސްމިއްޔާތުގައި ޗައިނާ އާއި ރާއްޖޭގެ ޘަޤާފީ ޙަރަކާތްތައް ވަނީ ދައްކާލައިފައެވެ. މިއައިޓަމްތަކަށް ރައްޔިތުންގެ ބޮޑު ތަރުހީބެއްވެސް ވަނީ ލިބިފައެވެ.