ބްރިޖް ހުޅުވަން 46 މިލިއަން ރުފިޔާ ޚަރަދުކޮށްލުމަށްފަހު އެއީ ފަޚުރެއްކަމަށް ބުނަންކެރުނު ކަމާއިމެދު ހައިރާންވަން: ހިސާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ބްރިޖް ހުޅުވަން 46 މިލިއަން ރުފިޔާ ޚަރަދުކޮށްލުމަށްފަހު އެއީ ފަޚުރެއްކަމަށް ބުނަންކެރުނު ކަމާއިމެދު ހައިރާންވަން: ހިސާން
މިރޭ ހުޅުވި ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުން ފަދަ ކަންކަމަށް 46 މިލިއަން ރުފިޔާ ޚަރަދުކޮށްލުމަށްފަހު އެއީ ފަޚުރެއްކަމަށް ބުނަން ސަރުކާރަށް ކެރުނު ކަމާއިމެދު ހައިރާންވެވަޑައިގަންނަވާ ކަމަށް ޤާނޫނީ ވަކީލު ހިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން މިރޭ ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ހިސާން ވިދާޅުވީ 198 މިލިއަން ޑޮލަރު ޚަރަދުވި ބްރިޖް އެޅުމަށްފަހު ހުޅުވުމުގެ ރަސްމިއްޔާތަށް މިހައި ގިނަ އަދަދެއްގެ ފައިސާ އިސްރާފްކޮށްލުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. "އެ 46 މިލިއަން ރުފިޔާއިން 18 ރަށުގަ މިސްކިތް އެޅޭނެ. 15 ރަށުގަ ސްކޫލް އެޅޭނެ. އެތައް ރަށެއްގެ ނަރުދަމާ އެޅޭނެ. ސާފު ބޯފެނާ ނަރުދަމާގެ ޚިދުމަތް ނުލިބިގެންނާ، ވެހޭހައި ވާރޭގައި ދޭހައި އަތްވެއްގައި ކަނޑު ދަތުރުކޮށް ސްކޫލަށް ކުދިން ގެންދަން ރައްޔިތުން އުޅެމުންދާ ޙާލު ރައީސް ޔާމީނަށް ހަމަ ފެނިވަޑައިނުގަންނަވަނީތޯ؟"

ހިސާން ވިދާޅުވީ ރައްޔިތުން ދިރިއުޅޭ ނިކަމެތި ޙާލަތު އެނގެނީ ރައްޔިތުންގެ ގާތަށް ގޮސް ބަލާ މީހުންނަށް ކަމަށެވެ. އާރާއި ބާރާއި ހަތިޔާރުގެ ބޭނުންކޮށް، ފަޅުތެރޭގައި ހުންނަ އޮޑިދޯނި ފަހަރު ފަޅުން ބޭރުކޮށްފައި ރަށްރަށަށް އަރާ މީހުންނަށް ރަށުގައި ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލު ނުއެނގޭނެ ކަމަށެވެ.
މިއަދު އޮންލައިން