ޗައިނާއަކީ ވަރަށް ގިނަ ތަފާތު ޘަޤާފަތްތަކެއް އޮންނަ ޤައުމަކަށްވާތީ ޘަޤާފީީ ކުޅިވަރުތަކުގައި ޗައިނާއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ޤައުމުގެ ގޮތުގައި ފާހަގަކުރެވޭ ޤައުމެކެވެ.
ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ފަހަކަށް އައިސް ލިބިފައިވާ ކުރިއެރުމާއި ގުޅިގެން ޗައިނާގެ ޘަޤާފީ ގްރޫޕުތައް ދޭތެރެދޭތެރެއިން ރާއްޖެއައިސް ދަނީ ޝޯތައް ބާއްވަމުންނެވެ. އެގޮތުން ބާއްވާ ޝޯތަކަށްވެސް ދަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.