އިބޫ މިއަދު ހުވަދުއަތޮޅަށް ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ގދ ފަރެސްމާތޮޑާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ﷲ ތަޢާލާ ވަނީ ރާއްޖޭގެ ކަނޑުތަކުގައި މުއްސަނދިކަން ލައްވަވާފައި ކަމަށާއި އެ މުއްސަނދިކަން ލިބިގަންނަން މިހައިތަނަށް އެކަށީގެންވާ ފެންވަރެއްގައި މަސައްކަތް ކުރެވިފައި ނެތް ކަމަށާއި އެމުއްސަނދިކަމުގެ ފައިދާ ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އިބޫ މިއަދުވެސް ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އަހަރަކު 18 ބިލިއަން ރުފިޔާއަށް އެރުމުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހަކަމާއިއެކު ފުއްދައިދެވޭނެ ކަމަށެވެ. ނަމަވެސް އެކަންކޮށް ނުދެވިގެން އުޅެނީ ސަރުކާރުން ގިނަ އަދަދެއްގެ ސިޔާސީ މަޤާމުތައް އުފައްދައި މީހުންލައި ބޮޑެތި މުސާރަތައް ދެމުން ގެންދާތީ އާއި ނަގާފައިވާ "ގޮތް ނޭނގޭ" ދަރަނިތައް އަދާކުރަން ޖެހުމުން ކަމަށެވެ. "އަޅުގަނޑުގެ ސަރުކާރެއްގައި މިފަދަ ޚަރަދުތައް ކުޑަކުރާނަން. ކޮރަޕްޝަނާއި ވައްކަމާއި އިސްރާފް ހުއްޓުވައި ލިބޭ ފައިސާއިން ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭނަން."
އިބޫ ވިދާޅުވީ ފަރެސްމާތޮޑާއަށް ބެލިނަމަވެސް ރަށުގައި ތިބެ ދަރިންނަށް އެކަށީގެންވާ ފެންވަރުގައި ތައުލީމު ދެވެން ނެތުމުގެ ސަބަބުން އަހަރަކު 7 އާއިލާ ރަށްދޫކޮށް އެހެން ރަށްރަށަށް ހިޖުރަކުރަމުން ގެންދާ ކަމަށާއި ކޯލިޝަނުގެ ސަރުކާރުގައި ރަށުގެ ސްކޫލުން ދޭ ތައުލީމުގެ ފެންވަރު މަތިކޮށް މި މައްސަލައަށް ޙައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ.
Gulhifaivaa Siyaasee Partythakuge Riyaasee Candidate MP @ibusolih GDH.Faresmaathodaa Rayyithun’aai bahdhalu kurevvun#IbuFaisal2018#JazeeraRaajje pic.twitter.com/qaT9AoGwMw
— MDP Secretariat (@MDPSecretariat) August 31, 2018