އެޑްވާންސަށްވެސް ޤަޟާއަށްވެސް ވައްކަންކޮށްގެން ނުވާނެ: ޙަސަން ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އެޑްވާންސަށްވެސް ޤަޟާއަށްވެސް ވައްކަންކޮށްގެން ނުވާނެ: ޙަސަން ލަޠީފް
އެޑްވާންސަށްވެސް ޤަޟާއަށްވެސް ވައްކަންކޮށްގެން ނުވާނެ ކަމަށާއި ކޮންމެ ވަގުތަކު ކުރި ނަމަވެސް ވައްކަންކުރުމަކީ އިސްލާމް ދީނުގައި ޙަރާމްކަމެއް ކަމަށް ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

ބ. ކެންދޫގައި ވާހަކަފުޅު ދައްކަވަމުން ޙަސަން ލަޠީފް މިއަދު ވިދާޅުވީ ކަނޑައެޅިގެން އިސްލާމް ދީނުގައި ޙަރާމް ކަމެއް ކުރަން ހިއްވަރު ދިނުމަކީ ހަމަ އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ޙަސަން ލަޠީފް ވިދާޅުވީ އިސްލާމް ދީނުގައި ޙަރާމް ކަންކަން ކުރުމަކީ އެނމެ ރަނގަޅުކަމެއް ކަމަށް ބުނާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އިސްލާމް ދީނާ ކަނޑައެޅިގެން ޚިލާފު އެފަދަ ބަސްތައް ބުނާ ފަރާތްތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އަލަންޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން