ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ ތިނަދޫގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.
ޖަލްސާ ފަށަން ހަމަޖެހިފައިވަނީ މިރޭ 9:15 ގައި ތިނަދޫ ބާސްކެޓް ކޯޓު ސަރަހައްދުގައެވެ.
ގއ. އަދި ގދ. އަތޮޅަށް ކުރައްވާ ކެންޕޭނު ދަތުރުފުޅު އިބޫ ފެށްޓެވީ މިއަދުއެވެ. ދަތުރުފުޅުގައި މިހާރު ވަނީ ވާދޫ، ފިޔޯރީ އަދި ފަރެސްމާތޮޑާއަށް ވަޑައިގެންފައެވެ.