ފަރެސްމާތޮޑާއަށް ވޯޓުލާން ދާ ފްލައިޓް ޖައްސާނެކަމަށް ބުނި އެއާޕޯޓް އަޅަން އަދި ހިއްކަނީ ބިން - އެއާޕޯޓް އަޅާނަން: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ފަރެސްމާތޮޑާއަށް ވޯޓުލާން ދާ ފްލައިޓް ޖައްސާނެކަމަށް ބުނި އެއާޕޯޓް އަޅަން އަދި ހިއްކަނީ ބިން - އެއާޕޯޓް އަޅާނަން: އިބޫ
ފަރެސްމާތޮޑާ ރައްޔިތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ރަށަށް ދާ ފްލައިޓްތައް އެރަށުގައި ތަރައްޤީކުރާ އެއާޕޯޓުގައި ޖައްސާނެކަމަށް ރައީސް ޔާމީނު ވިދާޅުވި ނަމަވެސް އެއާޕޯޓް އަޅަން އަދި ހިއްކަނީ ބިން ކަމަށާއި އެހެން ކަމާއިއެކުގައިވެސް އެރަށުގައި އެއާޕޯޓް އަޅުއްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

"ވޯޓުލާން 3 ހަފްތާއަށް ކައިރިވެއްޖެ. އަދި މިފެންނަނީ ފަޅުކޮންނަމުންދާތަން. އެހެންވީމާ އެ ވައުދުވެސް ފުއްދައެއް ނުދެވުނު. އިރާދަކުރެއްވިއްޔާ އެ މަޝްހޫރުވެސް އަޅުގަނޑުމެން ފުރިހަމަކުރާނަން."

ފަރެސްމާތޮޑާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ދަތުރުފަތުރު ކުރުމަށް ލުއި ފަސޭހަ ގޮތްތަކެއް އިންތިޒާމުކޮށްދިނުމަކީ ކޯލިޝަނުގެ ސަރުކާރުން އެންމެ އިސްކަން ދޭނެ އެއްކަންތައް ކަމަށެވެ.

މީގެ އިތުރުން ފަރެސްމާތޮޑާ ފަދަ މަސްވެރި ރަށްރަށުގެ މަސްވެރިންނަށް ލުއި ފަސޭހަކަމާއިއެކު މަސްވެރިކަން ކުރެވޭނެ ގޮތްތައް ހަމަޖައްސަވައިދެއްވާނެ ކަމަށާއި ބާނާ މަހަށް ހަމަ އަގު ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.
މިއަދު އޮންލައިން