އިކޮޅު މީހަކަށް ނަމަ ޓެރަރިޒަމްގެ ތުހުމަތުކޮށް ވަގުތުން ހައްޔަރުކުރަނީ ކަމަށާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ހަމަލާ ދިނުމުންވެސް މައްސަލަ ބަލާނެ ފަރާތެއް ނެތް ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ބ. ކިހާދުގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް މިމޭރުމުން ވިދާޅުވީ ގއ. ކޮލަމާފުށީގައި ޕީޕީއެމްގެ އެކްޓިވިސްޓުންނާއި އެމްޑީޕީގެ އެކްޓިވިސްޓުންނާއި މެދު ހިނގި ކަމަކާއި ގުޅުވައި އެމްޑީPީގެ 18 މީހަކު އިއްޔެ ބަންދުކޮށް ޓެރަރިޒަމްގެ ތުހުމަތުކޮށް 25 ދުވަހަށް މުއްދަތު ޖެހުމާއި ގުޅިގެންނެވެ.
ފުލުހުން ބުނެފައިވަނީ އެ 18 މީހުން ހައްޔަރުކުރީ ތަފާތު 3 މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް ތަފްޞީލު ދީފައެއް ނުވެއެވެ. ނޫސްވެރިން ގުޅުވައިގެން ކުރި ސުވާލުތަކަށް ވެސް ޖަވާބު ދީފައެއް ނުވެއެވެ.
ޖުލައި މަހުގެ 10 ވަނަ ދުވަހު ރިޔާސީ ކެންޑިޑޭޓް އިބްރަހީމް މުޙައްމަދު ޞާލިޙް ހުޅުމާލެއަށް ވަޑައިގަތުމުން އެންމެންގެ ކުރިމަތީގައި ހަމަލާ ދިނުމުން އެ މައްސަލައަށް ވެފައިވާ ގޮތެއްވެސް ފުލުހުން އިއްޔެ ބުނެއެއް ނުދެއެވެ. އަދި މައްސަލަ ބަލާކަމަކަށްވެސް ނުބުނެއެވެ. ބުނެފައިވަނީ ބަލަންޖެހޭ މައްސަލަތައް ބަލަމުން ގެންދާ ކަމަށެވެ. އެހެންކަމުން އިބޫއަށް ހަމަލާދިނުން އެއީ ބަލަންޖެހޭ މައްސަލައެއްކަންވެސް ވަނީ ޔަޤީން ނުކުރެވިފައެވެ.