ހެޔޮ އަގުގަ ދަތުރުކުރެވޭ ގޯ އެއާގެ ދަތުރުތައް އޮކްޓޯބަރު 14 ގަ ރާއްޖެއަށް ފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ހެޔޮ އަގުގަ ދަތުރުކުރެވޭ ގޯ އެއާގެ ދަތުރުތައް އޮކްޓޯބަރު 14 ގަ ރާއްޖެއަށް ފަށަނީ
ހެޔޮ އަގުގައި ދަތުރުކުރެވޭ އިންޑިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ގޯ އެއާގެ ދަތުރުތައް އޮކްޓޯބަރު 14 ގައި ރާއްޖެއަށް ފަށާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

އެއާލައިނުން ބުނީ ރާއްޖެއަށް ދަތުރު ކުރާނީ ދިއްލީ އާއި މުމްބާއީން ކަމަށާއި ވަރަށް އަވަހަށް ޓިކެޓް ވިއްކަން ފަށާނެ ކަމަށެވެ. ނަމަވެސް އަދި އަގުތައް ހާމަކޮށްފައެއް ނުވެއެވެ.

ދިއްލީ އާއި މުމްބާއީ އިން ހެޔޮ އަގުގައި ރާއްޖެއަށް އާދެވޭނަމަ ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. އަގު ބޮޑު ފެއަރގައިވެސް އިންޑިއާ އިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު އަގުހެޔޮކޮށް ދަތުރުކުރެވެން ފެށުމުން އެތައް ގުނައަކަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން