ގުރައިދޫގައި މީހަކު ގެނބިގެން މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 27ސ
ގުރައިދޫގައި މީހަކު ގެނބިގެން މަރުވެއްޖެ
ކ, ގުރައިދޫ އަށް އިއްޔެ ދަތުރު ގޮސްގެން އުޅުނު ފިރިހެނަކު ގެނބިގެން މަރުވެއްޖެއެވެ.

އިއްޔެ ހަވީރު ހިނގި އެހާދިސާގައި ގެނބިގެން މަރުވެފައިވަނީ ކޮން ރަށެއްގެ މީހެއްކަމެއް އަަދި އެނގިފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މަރުވެފައިވަނީ އެހެން މީހަކާއެކީ ކެނޯ އެއްގައި ދަތުރު ކުރަމުން ދަނިކޮށް ކެނޯ ބަންޑުން ޖަހާލައިގެންނެވެ.

މަރުވެފައވަނީ މެދު އުމުރުގެ މީހެއް ކަމަށާއި, ގުރައިދޫ ސިއްޙީ މަރުކަޒަށް އޭނާ ގެންދެވުނުއިރު ވެސް ވަނީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

މަރުވި މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެވިފައެވެ.
މިއަދު އޮންލައިން