ފުލުހުން މިހެން ބުނެފައިވަނީ މިރޭ ނެރުނު ބަޔާނެއްގައެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެ ހަލަބޮލިކޮށް، ވަކިން ހާއްސަކޮށް ދިވެހިރާއްޖޭގެ ވެރިރަށް މާލެ އަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ސިފަކުރުމަށްޓަކައި ކުށްކުރުމުގެ ރޫހް މިވެށީގައި ހަރުލެއްވުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދޭނެކަމަށެވެ.
މިރޭ އެމްއެމްއޭ ހިމެނޭ ސަރަހައްދުގައި ހިންގި މާރާމާރީގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންކަމަށާއި ހަމައެއާއެކު ނުރައްކާތެރި މާރާމާރީތައް ހުއްޓުވައި މިފަދަ އަމަލުތައް ހިންގުމަށް ހިތްވަރުދޭ ފަރާތްތައް ހޯދައި، މިފަދަ ކުށްތައް މަދުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާކަމަށްވެސް ފުލުހުންގެ ބަޔާނުގައިބުނެފައިވެއެވެ.
މިރޭ ހިންގި މާރާމާރީއެއްގައި ޒުވާނަކު ނިޔާވުމުން އޭނާ އަށް ފުލުހުންވަނީ ހެޔޮ ދުޢާކޮށްފައެވެ.
Press Statement: PMC/2018/21 pic.twitter.com/vpUXrFPexy
— Maldives Police (@PoliceMv) August 31, 2018