ކުޑަހުވަދޫގައި ހައްޔަރު ކޮށްފައި ހުރި މީހަކު ދަންޖެހިގެން މަރުވާން މަސައްކަތް ކޮށްފި

ކިޔުމަށް ހޭދަވާނީ 53ސ
ކުޑަހުވަދޫގައި ހައްޔަރު ކޮށްފައި ހުރި މީހަކު ދަންޖެހިގެން މަރުވާން މަސައްކަތް ކޮށްފި
ދ. ކުޑަހުވަދޫ ފުލުހުންގެ އިދާރާގައި ހައްޔަރު ކޮށްފައި ހުރި މީހަކު ދަންޖެހިގެން އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފިއެވެ.

"މިއަދުނޫހަށް" މައުލޫމާތު ދެމުުން އެރަށު މީހަކު ބުނީ, ހައްޔަރު ކޮށްފައި ހުރި މީހާ ދަންޖެހެން ބޭނުން ކުރީ އޭނާ ލައިގެން ހުރި އަތް ދިގު ޓީޝާޓެއް ކަމަށާއި، އެވަގުތު އެތަނުގައި ތިބި ފުލުހުން އެމީހާ ސަލާމަތް ކުރިކަމަށެވެ.

މިއަދު ހެނދުނު 11:00 ހާއިރު ހިނގި މިހާދިސާގައި ދަންޖެހެން މަސައްކަތް ކުރި މީހާ، އެރަށުގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ފަރުވާ ދެމުން ގެންދާކަމަށް ވެސް މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަހުވަދޫ ފުލުހުންގެ އިދާރާގައި ދަންޖެހިގެން މަރުވާން މަސައްކަތް ކޮށްފައިވަނީ އުމުރުން 21 އަހަރުގެ ޒުވާން ފިރިހެނެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މާރާމާރީއާއި މަސްތުވާތަކެތީގެ މައްސަލަ އެއްގައެވެ. އަދި ފުލުހުންގެ އިދާރާގައި ހައްޔަރު ކޮށްފައި ހުރީ، ކޯޓަށް ހާޒިރު ކުރުމަށެވެ.

މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މިއަދު އޮންލައިން