ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސުނަށް ދައުވަތު ދިން ‍- ވަޑައިނުގަތީ ތަރައްގީގައި ބައިވެރިވާން ލަދުވެތިވާތީ: ރައީސް ޔާމީން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސުނަށް ދައުވަތު ދިން ‍-  ވަޑައިނުގަތީ ތަރައްގީގައި ބައިވެރިވާން ލަދުވެތިވާތީ: ރައީސް ޔާމީން
ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސުނަށް ދައުވަތު ދީފައިވާކަމަށާޢި އެހެންނަމަވެސް ކުރީގެ ރައީސުން ވަޑައިނުގަތީ ތަރައްގީގައި ބައިވެރިވާން ލަދުވެތިވާތީކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ފާދިއްޕޮޅަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުރެންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ''މިހާރު އަޅުގަނޑު ދައުވަތު ދީފިން ބުރިޖުގައި ގޮނޑި ދުއްވާލަން ވަޑައިގަންވަންވެސް އެބޭފުޅުންނަށް. ކީއްވެގެންތޯ ކުރީގެ ރައީސުން ވަޑައިނުގަތީ ބުރިޖު ހުޅުވި ތަނަށް. އަޅުގަނޑުގެ ދައުވަތު އޮތޭ އެބޭފުޅުންނަށް. އެއީ ނުކެރޭނެ. އެ ތަރައްގީގައި ބައިވެރިވާން އެބޭފުޅުން ލަދުވެތިވާތީ " ކަމަށެވެ.

ރައީސް ޔާމީން މިހެން ވިދާޅުވިއިރު އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ފުލުހުން ހިންގި ތަހުގީގަށް އެމަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ ޖަލުގައި ބަނދުކޮށްފައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ރައީސް ނަޝީދު މިހާރު ހުންނެވީ ބޭސްފަރުވާ އަށް އިނގިރޭސި ވިލާތުގަ އެވެ.

މީގެއިތުރުން މިއަހަރުގެ މާރޗް މަހުގެ 2 ވަނަ ދުވަހު ހައްޔަރު ކުރެވުނު، އަދި މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް އަށްވެސް ވަނީ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ދައުވަތު ދެއްވާފައެވެ.

މިއަދު އޮންލައިން