މިއަދަކީ ބްރިޖު މަތީގައި ހިނގާލުމުގެ ފުރުސަތު އާންމުންނަށް ލިބޭ ދުވަސް!

ކިޔުމަށް ހޭދަވާނީ 45ސ
މިއަދަކީ ބްރިޖު މަތީގައި ހިނގާލުމުގެ ފުރުސަތު އާންމުންނަށް ލިބޭ ދުވަސް!
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވި، ތާރީޚީ ސިނަމާލެ ބްރިޖުމަތީގައި ހިނގާލުމުގެ ފުރުސަތު މިއަދު ހަވީރާއި ރޭގަނޑު އާންމުންނަށް ހުޅުވާލުމަށް ހަމަޖައްސައިފިއެވެ.

ބްރިޖު މަތީގައި ރަސްމީކޮށް ދަތުރުކުރުން މިއަންނަ ހުކުރު ދުވަހު ހުޅުވާލަން ހަމަޖައްސާފައިވީ ނަމަވެސް، އޭގެ ކުރިން އެތަނުގައި ތަފާތު އެކިއެކި ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމާފައެވެ.

އެގޮތުން މިއަދު ހަވީރު 16:00 އިން 18:00 އަށް އަދި މިރޭ 20:00 އިން 23:00 އަށް، ބްރިޖު މަތީގައި ހިނގާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލެވިފައިވާއިރު، ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ގްރެޖުއޭޝަން ޚަފްލާ މާދަމާ ރޭ ސިނަމާލެ ބްރިޖުގައި ބޭއްވުމަށް ވެސް ނިންމާފައިވެއެވެ.

މީގެ އިތުރުން އެމްއެންޑީއެފް އާއި ސްކޫލްތަކުގެ ޕެރޭޑަކާއި ޑްރިލް ޝޯއެއް ވެސް މާދަމާ އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.
މިއަދު އޮންލައިން