ހއ. ހޯރަފުށީގައި ހަދާފައި ހުންނަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ "މަންތިރި" ޖަގަހައަށް ބަޔަކު ގެއްލުން ދީފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަންތިރި ޖަގަހައަށް ބަޔަކު ގެއްލުން ދީފައިވަނީ ރޭ މެންދަމު 3:30 އާއި 4:30 އާއި ދެމެދުގެ ވަގުތެއްގައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން މަންތިރި ޖަގަހައިގައި ރޭވެސް ވަރަށް ދަން ވަންދެން މަސައްކަތްތަކެއް ކޮށްފައިވާތީ، މިހަމަލާއަކީ ދުރާލާ ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް ބައެއް މީހުން ދެކިފައިވެއެވެ.
ހޮރަފުށީ މަންތިރި ޖަގަހައަށް ގެއްލުން ދިނުމުގެ ގޮތުން، އެޅި ގަލެއް އެއްލައި، އެޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލާފައިވެއެވެ.