ރައީސް ޔާމީނަށް 17 ނޮވެމްބަރާ ހަމައަށް ވެރިކަމުގައި ހުންނެވޭނީ ޤާނޫނަށް ބޯލަންބަވައިގެން: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ރައީސް ޔާމީނަށް 17 ނޮވެމްބަރާ ހަމައަށް ވެރިކަމުގައި ހުންނެވޭނީ ޤާނޫނަށް ބޯލަންބަވައިގެން: އިބޫ
23 ސެޕްޓެމްބަރުން ފެށިގެން ރިޔާސީދައުރުގައި ބާކީ އޮތް މުއްދަތުގައި، 17 ނޮވެމްބަރާއި ހަމައަށް ރާއްޖޭގެ ވެރިކަމުގައި ރައީސް ޢަބްދުﷲ ޔާމީން ހުންނަވަން ބޭނުންފުޅުވާނަމަ ހުންނެވޭނީ ޤާނޫނު އަސަސީއަށް ބޯލަންބަވައިގެން ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ގއ ގެމަނަފުށީގައި ވާހަކަފުޅު ދައްކަވަމުން ވެސް އިބޫ ވަނީ މަސްވެރިންނަށް ހޯއްދަވައިދެއްވާނެ ގިނަ އިނާޔަތްތަކެއް ފާހަގަކުރައްވައިފައެވެ. އިބޫ ވިދާޅުވީ ގެމަނަފުށްޓަށް ވަޑައިގަތުމުން އެމަނިކުފާނާއި ސަލާންކުރި މީހުން ފުރަތަމަވެސް ކުރި ސުވާލަކީ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ލިބޭނެ ކަމާއިމެދުގައި ކަމަށެވެ.

އިބޫ ވިދާޅުވީ ބާނާމަހަށް ހަމައަގު ހޯއްދަވައިދެއްވާނެ ކަމަށާއި މަހަށް އެންމެ ރަނގަޅު އަގު ލިބުމަށް ސަރުކާރަށް ފަހިކޮށްދެވެން ހުރި ހުރިހާ ކަންތައްތައް ކޮށްދެއްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ ދިވެހިރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިންސާފު ނުލިބުމުގެ މައްސަލަ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރުންނަށް މަޖިލީހަށް ނުވެދެވޭނެ ގޮތް ހަދާފައިވާތީ ދިވެހިރައްޔިތުންގެ ތެރެއިން 90،000 މީހުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރެވެމުން ނުދާކަން ވެސް އިބޫ ވަނީ ފާހަގަކުރައްވައިފައެވެ.

މިއަދު އޮންލައިން