ރައީސް އަބްދުﷲ ޔާމީނަށް ދެން ރައްޔިތުންނަށް ބިރު ނުދެއްކޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫމިހެން ވިދާޅުވީ ކެންޕެއިން ކުރުމަށްޓަކައި އ. އަދި ގއ. އަތޮޅަށް ކުރިއަށްގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ކޮލަމާފްޓަށް ވަޑައިގެން، އެރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރޭގައެވެ. އިޮބޫ ވިދާޅުވީ ވަނީ ޕީޕީއެމް ޖަހައަށް ގެއްލުންދިން ކަމަށް ބުނެ، ހައްޔަރު ކުރި 18 މީހުން ވަނީ ގާނޫނުއަސާސީގެ ގާނޫނާއި ހިލާފަށް ކަމަށާޢި އަދި އެ މީހުން ދޫކޮށްލުމަށް ސަލާމަތީ ބާރުތަކަށް ގޮވައިލާކަމަށެވެ.
އެ ވާހަކަފުޅުގައި އިބޫ ވިދާޅުވީ ފުލުހުން ހައްޔަރު ކުރި ކޮލަމާފުށީ އެމްޑީޕީގެ އިސް ވެރިންނަކީ ކުށްވެރިން ނޫންކަމަށާއި ހައްޔަރުކޮސްފައި ވަނީ ގާނޫނާއި ހިލާފަށްކަމަށެވެ. " އެދުވަހުގެ ހާދިސާ ހިންގަމުން ދިޔައިރު، މޫދުގައި ތިބި މީހުންނާއި ކުލަ ލާން ތިއްބާ ހައްޔަރު ކުރި މީހުން އެބަ ތިބި" ކޮލަމާފުށީގައި މިދިޔަ ހަފްތާގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ސަލާމަތީ ބާރުތަކުން ކަންކުރަންވާނީ ވަކިމީހެއްގެބުނެގެން ނޫކަމަށާއި ސަލާމަތީ ބާރުތަކުން ހިމާޔަތް ކުރަންޖެހޭނީ ގާނޫނާއަސާސީ އާއި ގާނޫނުތަކުގެ ހަމަތަކުގެ މަތިން ކަމަށެވެ. އަދިރިޔާސީ އިންތިހާބާއި ގުޅިގެން ހަމަހަމަ "މައިދާނެއް" ރާއްޖޭގައި ގާއިމުކޮށްދެއްވުމަށް އިބޫ ގޮވާލެއްވިއެވެ.
" އަޅުގަނޑުމެން މިތިބީ ކޮންމެ ގުރުބާނީއެއް ވާން ތައްޠާރަށް،" އިބޫ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ޖަލަށް ދާން ޖެހުނު ކަމުގައި ވިޔަސް، ތިބީ ފަހަތަށް ނުޖެހޭ ގޮތަކަށްކަން ފާހަގަކޮށް އެވާހަކަ ފުޅުގައި އިބޫ ވިދާޅުވީ އެހެން ރައްތަކެކޭ އެއްފަދައިން ކޮލަމާފުށީ ސްކޫލް ޓީޗަރުންނާއި ކުންފުނިތަކުގައި އުޅޭ މުވައްޒަފުން ބިރު ފަހަނައަޅައި ގޮސް، އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތް ކުރަމުންދާ މަންޒަރު މިއަދު އެރަށު ބަނދަރުމަތިން ފެނުނުކަމަށެވެ.
މިއަހަރުގެ ރިޔާސީއިންތިހާބަށް 22 ދުވަހަށް ވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން އަޅާ ތަފާތު ހުރަސްތަށް ފާހަގަކުރެއްވުމަށްފަހު އެ ހުރަސަތައް ގިރާ ކުރަމުން ދާކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެވެސް ރަށެއްގެ ރައްޔިތަކު ފަހަތަށް ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ކޮލަމާފުށިން ލިބުނު ހޫނު މަރުހަބާއަށްފަހު، އިބޫ ވިދާޅުވީ މި މަހު ނަގަން ހަމަޖެހިފައި ވާ ވޯޓު އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރާނެކަމަށެވެ. އަދި ގދ. އަތޮޅުން ބޮޑު ބައެއްގެ އެއްބާރުލުން ފެންނަމުން ދާކަމަށް ވިދާޅުވިއެވެ.