ސިންމާލެ ބުރިޖު ގައި ބައިކް މޯލްޑިވްސްގެ ހަރަކާތެއް ބާއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 12ސ
ސިންމާލެ ބުރިޖު ގައި ބައިކް މޯލްޑިވްސްގެ ހަރަކާތެއް ބާއްވައިފި
ބައިކް މޯލްޑިވްސްއިން ހާއްސަ ހަރަކާތެއް ސިންމާލެ ބުރިޖުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހެންދުނު ބޭއްވި ހަރަކާތާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެޖަމިއްޔާގެ ސީއީއޯ އަހުމަދު ހަސަން ދީދީ ވިދާޅުވީ މިއަދު ގެ އިވެންޓްގައި 700 އެއްހާ މީހުން ބައިވެރި ވިކަމަށެވެ.

އިވެންޓް ބޭއްވުމުގެ ކުރިން އަޅުގަނޑުމެން ސޯޝަލް މީޑިއާގައި އިވެންޓް ޕްރޮމޯޓް ކުރިން. ދެން އިވެންޓަށް އައި އަމިއްލަ ބޭފުޅުން ބައިސްކަލް ހޯދައިގެންވެސް،" ހަސަން ދީދީ ވިދާޅުވިއެވެ.

އެ އިވެންޓްގައި ރާއްޖޭގައި ޕްރޮފެޝަނަލްކޮށް ބައިކް ދުއްވާ ބޭފުޅުން ބައިވެރިވިކަމަށް ހަސަން ވި ދާޅުވިއެވެ.

އެގެ އިތުރުން ބައިކް މޯލްޑިވްއިން ވަނީ ހަރަކާތުގައި ބައިވެރި ވި މީހުންނަށް ސޫވެނިއަރ ބެޖެއް ދީފައެވެ.

އާންމުކޮށް ދަތުރުކުރުމަށް ހުޅުވާލެވިގެން ދަނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ. އެގޮތުން އޭގެ ކުރިން އެ ތަނުގައި ތަފާތު ހަރަކާތްތައް ބޭއްވުމަށް ހައުސިން މިނިސްޓްރީން އިން ވަނީ ހަމަޖައްސާފައެވެ.
އެ ގޮތުން ބްރިޖުމަތީ ހިނގާލުމަށް މިއަދު ހަވީރުން ފެށިގެން މިރެއާ ހަމައަށް އާމުންނަށް ހުޅުވާލާފައި ވެއެވެ.

އޭގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މާދަމާ ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ސްކޫލްތަކާއި އެންއެންޑިއެފް ގެ ޕެރޭޑެއްގެ އިތުރުން ޑްރިލް ޝޯއެއް ވެސް މާދަމާ ބާއްވާނެކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
މިއަދު އޮންލައިން