އިލްހާމް ބަންދުކުރުމަށް ދެކޮޅުހަދައި އަލަށް ވޯޓުލެވޭ ގިނަ އަދަދެއްގެ ޒުވާނުން އެމްޑީޕީ އާއި ގުޅިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އިލްހާމް ބަންދުކުރުމަށް ދެކޮޅުހަދައި އަލަށް ވޯޓުލެވޭ ގިނަ އަދަދެއްގެ ޒުވާނުން އެމްޑީޕީ އާއި ގުޅިއްޖެ
ދަނގެތި ދާއިރާގެ މެންބަރު، ގެމަނަފުށްޓަށް ނިޞްބަތްވާ އިލްހާމް އަހްމަދު ޖަލުގައި ބަންދުކުރުމަށް ދެކޮޅުހަދައި ގެމަނަފުށިން އަލަށް ވޯޓުލެވޭ ގިނަ އަދަދެއްގެ ޒުވާނުން އެމްޑީޕީ އާއި ގުޅިއްޖެއެވެ.

އުމުރުން 18 އަހަރު ފުރި މިފަހަރު އަލަށް ވޯޓުލެވޭ ގިނަ އަދަދެއްގެ ޒުވާނުން އެމްޑީޕީ އާއި ގުޅިފައިވަނީ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އެރަށަށް ވަޑައިގަތުމަށް މަރުހަބާ ދެންނެވުމަށް ބޭއްވި ޖަލްސާގައެވެ.

ގެމަނަފުށީ ރައްޔިތުންގެ ތެރެއިން ވާހަކަ ދެއްކި މީހަކު ބުނީ ކުރިންވެސް އެރަށުގައި އެމްޑީޕީއަށް ތާއީދުކުރާ ގިނަބައަކު އުޅޭ ކަމަށާއި އިލްހާމް ބަންދުކުރުމާއި ގުޅިގެން ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ މިހާރު ވަނީ ގުޅި ލާމެހިފައި ކަމަށެވެ. އިލްހާމްގެ އާއިލާއަކީވެސް ވަރަށް ބޮޑު ޢާއިލާއެއް ކަމަށާއި މިއެންމެން އެކީ ކޯލިޝަނާއި ގުޅުމުން މިފަހަރުގެ އިންތިޚާބުގައި 75 އިންސައްތައަށްވުރެ މަތީ އަޣްލަބިއްޔަތެއް ކޯލިޝަނަށް ލިބޭނެ ކަމަށެވެ.

އިލްހާމް ޖަލުގައި ބަންދުކުރިތާ 7 މަސް ފުރެން 7 ދުވަހަށް ކައިރިވެފައިވާއިރު އަދިވެސް ޝަރީއަތް ނުނިންމާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

މިއަދު އޮންލައިން