ދުނިޔޭގެ އެންމެ ގިނަ ބައަކު ހިތުދަސް، އަދި ހިތުދަސްކުރަން އެންމެ ފަސޭހަ ފޮތަކީ ކީރިތި ޤްރްއާން ކަމަށްވުމަކީ ކީރިތި ޤްރްއާނުގެ ދިރިހުރި މުޢްޖިޒާތެކެވެ. އެންމެ އުފާކުރަންޖެހޭ އެއް ކަމަކީ މިކަންކަމަށް އެހެން ދީންތަކުގެ މީހުންވެސް އެއްބަސްވާ ކަމެވެ.
ކީރިތި ޤްރްއާން ހިތުދަސް މީހުންގެ ތެރޭގައި އެފޮތުގެ އެންމެ އަކުރެއްވެސް ލޮލަށް ފެނިފައި ނުވާ ލޯފަން މީހުން ތިބިއިރު އެފަދަ މީހުންގެ އަދަދު އިންތިހާއަށް ގިނަކަން އެއީ ވެސް ކީރިތި ޤްރްއާނުގެ މުޢްޖިޒާތަތްތަކުގެ ތެރެއިން ފައުޅުކަން ބޮޑު މުޢްޖިޒާތެކެވެ.
އާބާދީ އެންމެ ގިނައީ ކްރިސްޓިއަނުންގެ ނަމަވެސް އަދި އެންމެ ނުފޫޒުގަދައީ ޔަހޫދީންގެ ނަމަވެސް ލޯފަން އެއްވެސް މީހަކު އެއިން ދީނެއްގެ ފޮތް ހިތުދަސްކުރިކަމުގެ ވާހަކަ އެމީހުން ނުދައްކަނީ ލަދުގަންނަން ޖެހޭ ކަމަކަށްވާތީ ކަމަކަށް ވެދާނެއެވެ.
މިކަމާއި ގުޅިގެން ޑރ. މަޢްރޫފް މިރޭ ކުރައްވާފައިވާ ޓްވީޓެއް:
Just witnessed in mosque a blind man relating Holy Quran by heart to another. Just another sign of the Truth of Quran. No book in history is so revered, studied or easily memorized.
— Dr. Mauroof Hussain (@drmauroof) September 1, 2018