ވިލިމާލެ 2 މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހަރަދުވާނެ

ކިޔުމަށް ހޭދަވާނީ 1މ 19ސ
ވިލިމާލެ 2 މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހަރަދުވާނެ
ވިލިމާލެ 2 މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ (86 މިލިއަން ޑޮލަރު) ހަރަދުވާނެ ކަމަށް ޔޫތު އެންޑް އިކޮނޮމިކް ކައުންސިލްގެ ޗެއާމަން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސް ވެރިންނާއި ވާހަކަ ދައްކަމުން ޝައިނީ ވިދާޅުވީ ބޭރުގެ ލޯނާއި ހިލޭ އެހީގައި ބިލިއަން ޑޮލަރަށް ވުރެ ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށެވެ. އެހެންކަމުން 86 މިލިއަން ޑޮލަރު ހޯދައި އެ މަޝްރޫއު ކުރިއަށްގެންދިއުމަކީ މި ސަރުކާރަށް އުނދަގޫ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކޮށްދިނުމަށް ހިންގާ އެންމެ ބޮޑު މަޝްރޫއުއަށް ފައިސާ ހޯދާނެ ގޮތަކާ މެދު އަދި މަޝްވަރާ ކޮށްފައިނުވާ ކަމަށް ޑރ. ޝާއިން ވަނީ ވިދާޅުވެފައެވެ.

"އެ މަޝްރޫއު ހިންގަން ފައިސާ ހޯދަން ސަރުކާރަށް އުނދަގުލެއް ނުވާނެ. އެއަށްވުރެ ބޮޑެތި މަޝްރޫއުތަކަށް ވެސް ފައިސާ ހޯދާފައި އެ ވަނީ. އެހެންވީމަ 86 މިލިއަން ޑޮލަރު ހޯދުމަކީ މި ސަރުކާރަށް އުނދަގޫ ކަމެއް ނޫން. އެ ގާބިލްކަން އެބަހުރި،" ޑރ. ޝައިނީ ވިދާޅުވި އެވެ.

މި މަޝްރޫއު ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ވިލިމާލޭގެ ހުޅަނގުން އޮންނަ ގުޅިފަޅާއި މާލޭގެ ދެކުނުން އިރުމަތީގައި، މާލެ އަތޮޅު ގުޅީ ކައިރީގައި އޮންނަ ބޮޑު ފަޅު ފުށިދިއްގަރު ފަޅު ހިއްކައިގެންނެވެ. މީގެ ތެރެއިން މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށީ ބްރިޖްތަކުން ގުޅުވާލަން ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ހައުސިން މިނިސްޓްރީއިން ވަނީ އެ މަޝްރޫއުގެ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
މިއަދު އޮންލައިން