ގައްދު އަށް އިބޫ ވަޑައިގަތުމުން، ރަތް ދޫލައިގެ މަރުހަބާއާއެކު އެ ރަށުގެ ގިނަ ބަޔަކު ދިގު ސަފެއް ހެދިއިރު، އެމީހުންނާ ސަލާމް ކުރައްވަން އިބޫ ބައިގަޑި އިރަށް ވުރެ ގިނައިރު ހޭދަ ކުރެއްވި އެވެ.
ސަޕޯޓަރުންނާ އިބޫ ސަލާމް ކުރައްވަމުން ގެންދެވިއިރު، އެންމެ ބޮޑު ފޯރިއެއް ނެގި އެއް ބަޔަކީ ރަށުގެ ޒުވާނުންނެވެ. އެގޮތުން، "އިބޫ ހޮޕް ހޮޕް"، "އިބޫ އަށް ތާއީދު"، "އިބޫ ހޮވާނަން" ފަދަ ޝުއޫރުތައް ފާޅުކުރި އެވެ.އަދި ސަލާންކޮށް ނިމެންދެން، މިޝުއޫރުތައް ފާޅުކުރަމުންދިޔައެވެ.
މައުލޫމާތުލިބިފައިވާގޮތުގައި ގައްދުއިން އިބޫ އަށް މަރުހަބާ ދަންނަވަން ނުކުތް މީހުންގެ ތެރޭގައި ސިވިލް ސާވިސް ވަޒީފާ އާއި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ހިމެނެއެވެ.
މިއީ، މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިބޫ ރަށަކަށް ވަޑައިގަތުމުން މިހާ ބޮޑު ފޯރިއެއް ނެގި އެއް ރަށެވެ.