ފުލުހުންނަށް ލިބުނު ތަޢުލީމާއި ތަމްރީނުގެ ފުރުޞަތެއްގައި ފުލުހުންގެ ދެއޮފިސަރަކު އޮސްޓްރޭލިއާއަށް ފުރައިފި

ކިޔުމަށް ހޭދަވާނީ 46ސ
ފުލުހުންނަށް ލިބުނު ތަޢުލީމާއި ތަމްރީނުގެ ފުރުޞަތެއްގައި ފުލުހުންގެ ދެއޮފިސަރަކު  އޮސްޓްރޭލިއާއަށް ފުރައިފި
ފުލުހުންނަށް ލިބުނު ތަޢުލީމާއި ތަމްރީނުގެ ފުރުޞަތެއްގައި ފުލުހުންގެ ދެއޮފިސަރަކު އޮސްޓްރޭލިއާއަށް ފުރައިފިއެވެ.

ސެޕްޓެމްބަރ 3ން 7ށް އޮސްޓްރޭލިޔާގެ ސިޑްނީގެ އޮސްޓްރޭލިޔަން އިންސްޓިޓިއުޓް އޮފް ޕޮލިސް މެނޭޖްމެންޓްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފްރަންޓްލައިން ޑިވެލޮޕިންގ ފިއުޗަރ ލީޑަރސް ޕްރޮގްރާމްގައި ބައިވެރިވުމަށް އޮސްޓްރޭލިޔާއަށް ގޮސްފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ސުޒީއާއި ޗީފް އިންސްޕެކްޓަރ އޮފް އަހުމަދު މުސްލިމްއެވެ. މި ދެފުލުހުންވެސް އޮސްޓްރޭލިޔާއަށް ފުރާފައިވަނީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.

5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިތަމްރީން ޕްރޮގްރާމްގައި، މުވައްޒަފުން ތަމްރީން ކުރުމުގައި އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން ތަމްރީން ދިނުމަށް ހަމަޖެހިފައިވެއެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން