މެންބަރު އަލީ ފަޒާދަށް އިދިކޮޅު ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
މެންބަރު އަލީ ފަޒާދަށް އިދިކޮޅު ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔައިފި
ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދައަށް އިދިކޮޅު ފަރާތްތަކުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ފަޒާދު ފުވައްމުލަކަށް ވަޑައިގަތުމާ އެކު، އެރަށު އެއާޕޯޓުން އޭނާ އަށް މަރުހަބާ ދެންނެވީ އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި ސަޕޯޓަރުންނެވެ. އޭނާ އެއާޕޯޓުން ބޭރަށް ނުކުމެވަޑައިގަތުމާ އެކު، އިދިކޮޅު ސަޕޯޓަރުން ވަނީ ފަޒާދުގެ ކަރުގައި މާފަތި އަޅުވައިފަ އެވެ. އަދި ފަޒާދު ވަޑައިގަންނަވާތީ، އެއާޕޯޓަށް ދިޔަ ތިރީހަކަށް މީހުންނާ އޭނާ ސަލާމް ކުރެއްވި އެވެ.

އިދިކޮޅު ކެމްޕޭންގައި ފުވައްމުލަކުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ ފަޒާދު އިދިކޮޅު ފަރާތްތަކާއި ވާހަކަ ދައްކާ އިދިކޮޅާއެކު މަސައްކަތް ކުރަމުންދާތާ މިހާރު ކުޑަ ދުވަސްކޮޅެއް ވެފައިވާކަމަށާއި އަދި އިދިކޮޅު ޕާޓީތަކުގެ ބައެއް މީހުން ކުރި ޓުވީޓުތަކުގައި ބުނެފައި ވަނީ ފަޒާދު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ކަމަށެެވެ.

މި ހަބަރާއި ގުޅިގެން ފަޒާދުގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.



މިއަދު އޮންލައިން