އަބްދުﷲ ރިޔާޒް ހުކުމް ތަންފީޒުކޮށް ނިމިފައިވާތީ، ވަގުތުން މިނިވަން ކުރުމަށް ގޮވާލައިފި

ކިޔުމަށް ހޭދަވާނީ 1މ 11ސ
އަބްދުﷲ ރިޔާޒް ހުކުމް ތަންފީޒުކޮށް ނިމިފައިވާތީ، ވަގުތުން މިނިވަން ކުރުމަށް ގޮވާލައިފި
ޖުމްހޫރީ ޕާޓިގެ ނައިބު ލީޑަރ އަދި ރައްޔިތުނގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ގެ މައްޗަށް ހައިކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒުކޮށްފައިވާތީ މިހާރުން މިހާރަށް އެމަނިކުފާނު މިނިވަންކޮށް ދޫކޮށްލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އިލްތިމާސް ކޮށްފިއެވެ.

ޢަބްދުﷲ ރިޔާޒްގެ ޤާނޫނީ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުން މިއަހަރުގެ މާރިޗު މަހުގެ ދެވަނަ ދުވަހު ބޭއްވި އެއްވުމެއްގެ ރިޔާޒް ބައިވެރިވެ ވަޑައިގެން، އެއްވެ އުޅުމުގެ ޙައްޤުގެ ބޭނުން ކުރަމުން ދަނިކޮށް ހައްޔަރު ކުރުމަށްފަހު ޖަލުގައި ބަންދުކޮށްފައިވާތާ މިއަހަދަށް ހަމަސް ވެފައިވާ ކަމަށާއި އެދުވަހު ބަންދު ކުރުމަށްފަު އޭގެ 12 ދުވަސް ފަހުން އިއްވި ތުހުމަތުތަކާއި ގުޅިގެން ޖިނާއީ ދައުވާއެއް ކުރެވޭނެ ތަނެއް ނެތް ކަމަށެވެ. އަދި އެފަދައިން ޕްރޮސެކިއުޓާރ ޖެނެރަލް ނިންމަވާފައިވާކަން މިއަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ލިޔުމަކުން އަބްދުﷲ ރިޔާޒަށް އަންގާފައިވާކަން ވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހަތަރު މަހާއި 24 ދުވަހަށްވުރެ އިތުރަށް ވެސް، ޖަލުގައި ދުވަސްތައް ހޭަދަ ކުރައްވަައިފި ކަމަށް ވަކީލުންގެ ބަޔާނުގައިވެއެވެ.


މިއަދު އޮންލައިން