ހަމަހަމަކަމާ އެކު މައުލޫމާތު ފޯރުކޮށްދިނުމަށް ޕީއެސްއެމްގައި ޖާގައެއް ނެތް ކަމަށްބުނެ، ހަފްސީ އިދިކޮޅު ކޯލިޝަނާ ގުޅިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހަމަހަމަކަމާ އެކު މައުލޫމާތު ފޯރުކޮށްދިނުމަށް ޕީއެސްއެމްގައި ޖާގައެއް ނެތް ކަމަށްބުނެ، ހަފްސީ އިދިކޮޅު ކޯލިޝަނާ ގުޅިއްޖެ
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އެގްޒެކެޓިވް އެޑިޓަރު ހަފްސީ އަބްދުﷲ އެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު އިދިކޮޅު ކޯލިޝަނާ ގުޅިއްޖެ އެވެ.

އިސްތިއުފާ ދިނުމާއި ގުޅޭ ގޮތުން އާންމުކުރި ބަޔާނަކާއެކު ހަފްސީ އަބްދުﷲ މިއަދު ކުރި ޓްވީޓެއްގައި ބުނީ އިއްޔެވެސް، މިއަދުވެސް، މާދަމާވެސް އަނިޔާވެރިކަމާ، ބޭއިންސާފާއި ދެކޮޅު ކަމަށެވެ.

ހަފްސީ ބުނީ މި ވަގުތު އޭނާ ފެންނާނީ އިދިކޮޅު ކޯލިޝަންގެ ތެރެއިން ކަމަށާއި އިންސާފު ގާއިމްކުރަން ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން މި ހުރީ ކެރިގެން ނުކުމެ ކަމަށެވެ. އަދި މީޑިއާގެ ތެރެއަށް ދެން ނުކުތަސް އެ ކަން ނިންމާނީ މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިހާބަށް ފަހު ކަމަށް ވެސް ބުންޏެވެ.

މީގެއިތުރުން ހަފްސީ ބުނީ ހަމަހަމަކަމާ އެކު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދެވޭނެ ޖާގައެއް އަދި މާހައުލެއް ވެސް ޕީއެސްއެމްގައި ނެތް ކަމަށެވެ.







މިއަދު އޮންލައިން