ރައްޔިތުންގެ ކޯޓުން ނިންމީމާ ސަލާމަތީ ބާރުތަކާ ޝަރުޢީ ކޯޓުތަކުން ތަންފީޒުކުރާނެ: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ރައްޔިތުންގެ ކޯޓުން ނިންމީމާ ސަލާމަތީ ބާރުތަކާ ޝަރުޢީ ކޯޓުތަކުން ތަންފީޒުކުރާނެ: އިބޫ
ރައްޔިތުންގެ ކޯޓުން ކަމެއް ވަކި ގޮތަކަށް ކަމެއް ނިންމީމާ ރައްޔިތުން ނިންމި ގޮތަށް ތަންފީޒުވެގެންދާނެ ކަމަށާއި ސަލާމަތީ ބާރުތަކާއި ޝަރުޢީ ކޯޓުތަކުން ވެސް އެކަން ރައްޔިތުން ނިންމި ގޮތަށް ތަންފީޒުކުރާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އިބޫ މިމޭރުމުން މިއަދު ވިދާޅުވީ ގއ. މާމެންދޫގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ ވޯޓުން ރައީސް ޔާމީން ހޮވިވަޑައި ނުގެންނެވި ނަމަވެސް ވެރިކަމުގައި ހުންނަވާނީ ރައީސް ޔާމީން ކަމަށް ބުނެ ރައީސް ޔާމީނުގެ ސަޕޯޓަރުން ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

"ރައީސް ޔާމީނުގެ ކޯޓުން ހުކުމް ކުރީމާ އަޅުގަނޑުމެންވެސް މިތިބީ ނުޤަބޫލުގައިވެސް އެކަން ޤަބޫލުކޮށްގެން. ރައްޔިތުން ނުކުމެ ރައްޔިތުންގެ ބަސް ބުނީމާ އެއަށް ބުނާނެ އިތުރު އެއްޗެއް ނޯންނާނެ."

އިބޫ ވިދާޅުވީ ސަލާމަތީ ބާރުތަކާއި މިނިވަން މުއައްސަސާތަކުންވެސް "އެދުވަހު" ރައްޔިތުންގެ ނިންމުން ތަންފީޒުކުރާތަން ފެނިގެންދާނެ ކަމަށެވެ.

އިބޫ ވިދާޅުވީ މިއަދު އެރަށުގައި ހުޅުއްވައިދެއްވި ޕެނަޑޯލް ޖަގަހަ އާއި ކަދުރު ޖަހައާއި އަދި އިތުރު ޖަގަހައިގައިވެސް ކުރަންވީ އެއް ކަމެއް ކަމަށާއި އެކަން ކޮންމެ ޖަގަހައެއްގައިވެސް ކުރެވޭނެ ކަމަށާއި ކޮންމެހެން އެކަން ވަގަށް ނަގަން ނުޖެހޭނެ ކަމަށެވެ. "ކުރަންވީ ކަމަކީ ޖަގަހަތަކާއި ޖަގަހައިން ބޭރުގައިވެސް ރައްޔިތުންނަށް ކިޔައިދިނުން. ކިޔައިދިނީމާ މިރަށާއި މިއަތޮޅުން ވެސް އެކަން ވެގެންދާނެ." ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
މިއަދު އޮންލައިން