ނިހާނަށް އަޑުއިވޭ ގޮތާ އެހެން މީހުންނަށް އަޑުއިވޭގޮތް އަނެއްކާވެސް ވަރަށް ބޮޑަށް ތަފާތުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ނިހާނަށް އަޑުއިވޭ ގޮތާ އެހެން މީހުންނަށް އަޑުއިވޭގޮތް އަނެއްކާވެސް ވަރަށް ބޮޑަށް ތަފާތުވެއްޖެ
"މަރްޙޫމް ޑރ. އަފްރާޝީމް ޢަލީ ޤަތުލުކޮށް މިދުނިޔެއިން ނެތިކޮށްލި ބައަކު އެނގޭކަމަށް (ޝައިޚް އިލްޔާސް ޙުސައިން) އަށް އެނގޭ ކަމަށް ރޭ އައްޑުއަތޮޅުގައި ވާހަކަ ދައްކަމުން ބުނެފައިވާތީ އިލްޔާސް (ޝައިޚް އިލްޔާސް) ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ސާފުކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެން."

މިއީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙްމަދު ނިހާން މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ.





ޝައިޚް އިލްޔާސް ރޭ ވާހަކަފުޅު ދެއްކެވީ ލައިވްކޮށްފައިވާ ޕްރޮގްރާމެއްގައެވެ. ދެއްކެވި ވާހަކަފުޅު ރައްޔިތުންނަށް ވަނީ ރަނގަޅަށް އަޑު އިވިފައެވެ. އެ ވާހަކަފުޅުގެ އޯޑިއޯ އާއި ވީޑިއޯތައް ވެސް ދަނީ ދައުރުވަމުންނެވެ.

ޝައިޚް އިލްޔާސް ދެއްކެވި ވާހަކަފުޅުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ޤާތިލުން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއަޑު ނިހާން ނޫން އެއްވެސް މީހަކަށް އަޑުއިވުނުކަން އަދި އެނގިފައެއް ނުވެއެވެ.

ޝައިޚް އިލްޔާސް ސުވާލު އުފައްދަވާފައިވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ އާއި އަދި އެމަރާއި ގުޅިގެން 9 މީހަކު މަރާލެވުނު ކަމަށް ސޯޝަލް މީޑިއާގައި ޚަބަރުތައް ފެތުރިފައިވާއިރު އެ މައްސަލަތަކުގެ ތަޙްޤީޤް މިހައި ގިނަ ދުވަސް، 6 އަހަރު ވީއިރުވެސް ފުރިހަމަ ނުކުރެވި އޮތް ސަބަބާއިމެދުގައެވެ.

"އަޅުގަނޑު މީހެއްގެ ބޮލުގައި ޒިންމާއެއް ނާޅުވާނަން. އަޅުގަނޑަކަށް ނޭނގޭނެ. އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވަނީ މިހައި ރަހުމެއް ނެތް ގޮތުގައި އަވަހާރަކޮށްލެވުނު ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ މިހައި ދުވަސްވީއިރުވެސް ތަޙްޤީޤް ފުރިހަމަ ނުކުރެވި މިވަނީ. އެ މައްސަލަ އާ ގުޅިގެން 9 ޒުވާނަކު މަރާލެވުނުއިރު ކީއްވެތޯ ތަޙްޤީޤް ނުކުރެވިވަނީ؟ ދެން އަޅުގަނޑު މަރާލި ނަމަވެސް އަޅުގަނޑުގެ މައްސަލައެއް ނެތް. އަޅުގަނޑުގެ ވާޖިބު އަދާކޮށްފިން."

މި ޢިބާރާތްތަކަށް ބަލާއިރު ޑރ. އަފްރާޝީމް އަވަހާރަކޮށްލި ބައަކު އެނގިވަޑައިގަންނަވާކަމަށް ވިދާޅުވާ އަޑެއް ނުއިވެއެވެ. އިވެނީ އަޅުގަނޑު މީހެއްގެ ބޮލުގައި ޒިންމާއެއް ނާޅުވާނަން. އަޅުގަނޑަކަށް ނޭނގޭނެ." ކަމަށް ވިދާޅުވާ އަޑެވެ.

މިހައި ތަނަށް ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ދާދި އަވަހަށް ޝައިޚް އިލްޔާސް ބަންދުކުރާނެ ކަމަށް މިހާރު މިވަނީ ބެލެވިފައެވެ. ދާދިފަހުންވެސް ނިހާން މިފަދަ ވާހަކަފުޅެއް ދެއްކެވިތާ 12 ވަރަކަށް ގަޑިއިރު ތެރޭގައި ގއ ކޮލަމާފުށީގެ 18 މީހަކު ފުލުހުން ހައްޔަރުކޮށްފައި ވާތީއެވެ.

- ޝައިޚް އިލްޔާސް ޑރ. އަފްރާޝީމާއި ބެހޭގޮތުން ރޭ ދެއްކެވި ވާހަކަފުޅު (އޯޑިއޯ):




މިއަދު އޮންލައިން