ނަޝްފާއަށް އަނިޔާކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 51ސ
ނަޝްފާއަށް އަނިޔާކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
އުމުރުން 15 އަހަރުގެ ނަޝްފާ ޙަސަން އަށް ގަނާކޮށް އަނިޔާކުރި މައްސަލައިގައި ދެ އަންހެން ކުއްޖަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ މައުލޫމާތު ދިން ގޮތުގައި ނަޝްފާއަށް އަނިޔާ ކުރި މައްސަލައިގައި ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 18 އަހަރުގެ އަންހެނަކާއި 17 އަހަރުގެ އަންހެން ކުއްޖެކެވެ. އެމީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.



ނަޝްފާ އަށް އަނިޔާ ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 24 ވަނަ ދުވަހުއެވެ. މިމައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފައިވީނަމަވެސް، ވީޑިއޯއިން ފެންނަ ގޮތުގައި ނަޝްފާއަށް އަނިޔާ ކުރަނީ ތިން އަންހެން ކުއްޖެކެވެ. އަދި މިހާދިސާ ހިނގާފަނީ މިއަހަރުގެ މެއި މަސް ތެރޭގައި ކަމަށާއި އަނިޔާ ކޮށްފައިވަނީ ނަޝްފާ ގެއިން ނެރެގެން ގެންގޮސް ހުޅުމާލޭ ޗައިނާ ފްލެޓު ސަރަޙައްދުގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިއަދު އޮންލައިން